ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުމްރާވެރިން މިއަދު އެނބުރި އަންނަން ފަށާނެ؛ ވީއައިއޭއަށް ބާރު ބޮޑުވާނެތީ ސަމާލުވާން އެދިއްޖެ

ރާއްޖެއިން ހައްޖަށް ދިޔަ ބަޔަކު އެއާޕޯޓުގައި: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އުމްރާވެރިން އެނބުރި ރާއްޖެ އަންނަން ފަށާފައި ވާތީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ބާރު ބޮޑުވާނެކަމަށް ބެލެވޭތީ ދަތުރުވެރިން ދުރާލާ އެއާޕޯޓަށް ދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެދިއްޖެ އެވެ.

އެމްއޭސީއެލްގެ ފާރާތުން އާންމު ކުރި ބަޔާނެއްގައި ވަނީ، ހުކުރު ދުވަހުގެ މެންދުރު ފަހު އުމްރާވެރިން އެނބުރި ރާއްޖެ އަންނަމުން ދާނެކަމަށެވެ.

އެހެންކަމުން އޮޕަރޭޝަންތައް ފަސޭހަކަމާއި އެކު ކުރިޔަށް ގެންދިއުމަށް، އެއާޕޯޓަށް ފުރަން ދާ ފަރާތްތަކުން ވީހާވެސް އަވަހަށް ޗެކިންވެ ކްލިއަރެންސް ހެދުމަށް އެމްއޭސީލް ވަނީ އިލްތިމާސްކޮށްފަ އެވެ.

މިއަދު ފްލައިޓުތައް އައުމަށް ހަމަޖެހިފައިވާ ވަގުތުތަކަކީ:

މެންދުރު ފަހު: 14:00

ހަވީރު: 16:00

މީގެއިތުރުން އެމްއޭސީއެލް ވަނީ ޓެކްސީތަކުން ވެސް މިވަގުތުތަކުގައި އެއާޕޯޓުގެ ޓްރެފިކަށް ބާރު ބޮޑު ނުވާ ގޮތަށް އަޅާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަށް އެދިފަ އެވެ.

އުމްރާއިން މީހުން އެނބުރި އަންނަ ދުވަސްތަކުގައި އެއާޕޯޓަށް ވަރަށް ބޮޑަށް ބާރު ބޮޑުވެއެވެ. މި ދުވަސްތަކުގައި އުމްރާވެރިންގެ އާއިލާތަކުން ވެސް، އެ މީހުން ބަލައި އެއާޕޯޓަށް ދާކަން ފާހަގަކުރެވެ އެވެ. އަދި އެއާޕޯޓަށް ޕްރައިވެޓް ކާރުތަކާއި، ޓެކްސީތައް ވެސް ދަތުރުތައް ގިނަވުމުން ދާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: