ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) އިން ޚިދުމަތްދޭ ގަޑިތައް އަންނަ ހަފުތާއިން ފެށިގެން ބަދަލު ގެންނަވައިފި އެވެ.

އެޕްރީލް 6 ވަނަ ދުވަހުން ފެށިގެން ބްލަޑް ސަރވިސަސް ހުޅުވިފައި ހުންނާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:00 އިން ރޭގަނޑު 9:00 އަށެވެ.

އެމްބީއެސް އިން ހާމަކޮށްފައިވާ ގޮތުގައި އެޗް. ބީ ބެލުމަށް ސާމްޕަލްނެގުން ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހާ ދެމެދު 08:00 އިން 20:00 އަށް ކުރިއަށްދާނެއެވެ. އަދި ކްރޮސްމެޗު ހެދުމަށް ސާމްޕަލް ނެގުމުގެ ޚިދުމަތް ހޮނިހިރު ދުވަހާއި ބުދަ ދުވަހާ ދެމެދު 08:00 އިން 20:00 އަށް އަދި ބުރާސްފަތި ދުވަހު 08:00 އިން 17:45 އަށް ލިބޭނެއެވެ.

މީގެ އިތުރުން ތެލަސީމިއާ ސްކްރީނިންގެ ޚިދުމަތް ލިބޭނީ 08:30 އިން 13:00 އަށް ކަމަށާއި، ތެލަސީމިއާ ކާޑު ދޫކުރާނީ 08:00 އިން 14:00 އަށް ކަމަށް އެމްބީއެސް އިން ބުނެއެވެ. އަދި ޑޯނަރުން ގައިން ލޭ ނެގުން ކުރިއަށްދާނީ 08:00 އިން 19:45 އަށް ކަމަށާއި، ޑޯނަރުން ގައިން އެފެރެސިސްކޮށް ލޭ ނެގުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 08:00 އިން 19:30 އަށް ކަމަށްވެސް އެ ސަރވިސް އިން ބުނެއެވެ.

އެމްބީއެސް އިން ބުނީ ލޭ ގުޅައިދިނުން (1 ޔުނިޓް) ގެ ޚިދުމަތް 08:00 އިން 16:30 އަށް ލޭ ގުޅައިދިނުން (2 ޔުނިޓު) ގެ ޚިދުމަތް 08:00 އިން 14:30 އަށް ހުރިހާ އުމުރު ފުރާއަކަށްވެސް ލިބޭނެކަމަށެވެ. މީގެ އިތުރުން އެ ސަރވިސް އިން ބުނީ ޑޮކްޓަރުން ބައްލަވާނީ 08:00 އިން 20:30 އަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: