ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސެނެގާލްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ޚަލީލް އެ ޤައުމުގެ ޚާރިޖީ ވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

ހެލްތު މިނިސްޓަރ އަބްދުﷲ ހަލީލް... ފޮޓޯ: ދިޔަރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޕަބްލިކް އޮފް ސެނެގާލްގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ޔަސިން ފޯލްއަށް، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރުގެ މެސެޖުގައި ވަނީ ރިޕަބްލިކް އޮފް ސެނެގާލްގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އެ ކަމަނާއަށާއި ސެނެގާލްގެ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރާކަމަށެވެ.

މި ފުރުޞަތުގައި، އެ ކަމަނާއަށް ދުޅަހެޔޮ ޞިއްޙަތާއި ސެނެގާލްގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި އުފާފާގަތިކަން ލިބުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.

އެކަމަނާއަށް ކުރާ މަތިވެރި ގަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވާކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: