ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ކޮންމެ ފިޔަވަޅެއް ވެސް އަޅާނީ ރައްޔިތުންގެ ހައްގުގައި: ޝަރީފް

ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ކޮންމެ ފިޔަވަޅެއް ވެސް އަޅާނީ ރައްޔިތުންގެ ހައްގުގައިކަމަށާއި، އެއީ ޒިންމާދާރު މަސައްކަތަކަށް ވާނެކަމަށް ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަމަށް އަބަދުވެސް ތުހުމަތު ކުރެ އެވެ. އަދި ސަރުކާރުން ހުށަހަޅާ ގޮތަށް އެއްވެސް އިތުރު ދިރާސާ ކުރުމަކާއި ނުލައި ބިލުތައް ފާސްކުރާކަމަށް އެމްޑީޕީން ދަނީ ބުނަމުންނެވެ.

މި ތުހުމަތުތަކަށް ރައްދު ދެއްވައި ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ޝަރީފް ވިދާޅުވީ، ބައެއް ބިލުތަކަކީ އޭގެ ޒާތުގައި މާ ގިނަ ވަގުތުތައް ބޭނުންވާނެ މަސައްކަތެއް ނޫންކަމަށެވެ. އެހެންކަމުން ވަގުތު ބޭކާރު ކުރުމަށްވުރެ އެ ބިލެއްގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމާލުން މާ ރަނގަޅުކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ވިސްނުމާއި ހިޔާލު ބޭނުންވާ ކަންކަމުގައި އެ މަޝްވަރާ ހޯދާފައިވާނެ އެވެ. އަދި އެއްވެސް ބިލެއްގެ މަސައްކަތެއް އޮޅުވާލުމެއްގެ ތެރެއިން ކުރިޔަށް ގެންގޮސްފައި ނުވާނެކަމަށާއި ސަރުކާރުން ވެސް މެމްބަރުންނާއި މެދު މަޖުބޫރުކަމެއް ނުގެންގުޅޭކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންނަށް ސަރުކާރުން އޮޅުވާލަމުން ގެންދާކަމަށް ކުރާ ތުހުމަތުތައް ދޮގު ކުރައްވައި ޝަރީފް ވިދާޅުވީ ރައީސް މުއިއްޒު ކޮންމެ ފިޔަވަޅެއް ވެސް އަޅުއްވާނީ ރައްޔިތުންގެ ހައްގުގައި، ޒިންމާދާރުކަމާއި އެކު ރަނގަޅަށް ވިސްނައި ކަންކަން ބެލުމަށްފަހުގައިކަމަށެވެ. ޝަރީފް ވިދާޅުވީ އޭގެއިން ކޮންމެ ފިޔަވަޅެއް ވެގެން ދާނީ ގައުމަށް ލާބަހުރި، ކުރިއެރުންތައް ގެނެސްދޭނެ ނިންމުމަކަށް ކަމަށެވެ.

ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ނުފޫޒު އެބައޮތްކަމަށް ބުނެ، ނުވަތަ ރަބަރ ސްޓޭމްޕް ޖަހައިދޭ އުސޫލުން މަސައްކަތް ކުރާކަމަށް ބުނި ނަމަވެސް އެފަދަ ހާލަތެއް ނެތްކަމަށެވެ. ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުން ސަރުކާރު ބޭނުންވާ ކަންކަމުގައި ދޭ އެއްބާރުލުމާއި އެކު ޖަވާބުދާރީ ވެސް ކުރުމުގެ މަސައްކަތް ކުރާކަމަށް ޝަރީފް ވިދާޅުވި އެވެ.

. އަޅުގަނޑުމެން ތިބީ ފިތިފައޭ.. އަޅުގަނޑުމެން ތިބީ ރައީސުލްޖުމްހޫރިއްޔާ ބުނި ގޮތަކަށް ރަބަރ ސްޓޭމްޕް ޖަހާ ގޮތަށޭ.. ނޫން.. އެއީ ތެދެއް ނޫން

މީގެއިތުރުން ޝަރީފް ވިދާޅުވީ ސަރުކާރާއި ދެކޮޅަށް އެމްޑީޕީން މަގުމައްޗަށް ނިކުމެ އަޑުއުފުލަމުން ގެންދަނީ އެއްވެސް އަސާސެއް ނެތް ކަންކަމާއި ގުޅުވައިކަމަށެވެ. އަދި ވިދާޅުވީ އިދކޮޅެއްގެ ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ނަމަވެސް، އެމްޑީޕީ މަސައްކަތް ކުރަނީ ސަރުކާރާއި މެދު ނަފްރަތު އުފައްދައި އާންމު މަސައްލަހަތު ނަގާލަން ކަމަށެވެ.

އެމްޑީޕީއަށް މަޖިލީހުގައި ރައްޔިތުންގެ އަޑުއިއްވުމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުން ޖާގަ ނުދޭކަމަށް ބުނާތީ ރައްދުގައި ޝަރީފް ވިދާޅުވީ 12 މެމްބަރުންނަށް ވެސް އެދޭ ފުރުސަތުތަކުގައި ވާހަކަ ދައްކަން ލިބޭކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީ ކޮންމެ ޖަލްސާއަކަށް ވެސް އެއްވެސް އޮއްޓަރެއް ނެތް ގަރާރުތަކާއި ކުއްލި މައްސަލަތައް ހުށަހަޅައި، ވަގުތު ނަގާލާކަމަށް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: