ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އދ. ގެ އަންހެނުންގެ ކޮމިޝަނެއްގެ މެމްބަރަކަށް ވުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަހުރެއް: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

އދ. ގެ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން (ސީއެސްޑަބްލިއު)ގެ މެމްބަރަކަށް ވުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަހުރެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އދ.ގެ ސީއެސްޑަބްލިއުއަށް އިންތިހާބުވުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަހުރެއް ކަމަށާއި އަދި އެ ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި އިންތިހާބުވި ހުރިހާ ގައުމުތަކަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެ ކޮމިޝަންގައި އަންހެނުންގެ ހައްގުތަކާއި އަންހެނުން ބާރުވެރިކުރުވުމާ ގުޅޭ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށެވެ. އަންހެނުންގެ ހައްގުތައް ކުރިއެރުވުމުގައި ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ބޮޑެތި ކުރިއެރުންތަކެއް ރާއްޖެއިން ހޯދައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. 

އެ ކޮމިޝަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ހުރިހާ ބައިވެރިންނާ އެކު މަސައްކަތް ކުރުމަށް އުންމީދުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އދ.ގެ ސީއެސްޑަބްލިއުގެ މެމްބަރަކަށް ރާއްޖެ އިންތިހާބުވީ 2026-2030 ގެ ދައުރަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: