ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާޗު މަހުގެ ނިޔަލަށް ވައްކަމުގެ 696 މައްސަލަ ރިޕޯޓުކުރެވިއްޖެ

އިދިކޮޅުން މަސްވެރިންގެ ދިފާއުގައި ކުރިޔަށް ގެންދިޔަ އިހުތިޖާޖުގައި ފުލުހުން ހަރަކާތްތެރި ވަނީ/ ފޮޓޯ: ސަންގު-- މުހައްމަދު މާހީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ މާޗު މަހުގެ ނިޔަލަށް ވައްކަމުގެ 696 މައްސަލައެއް ފުލުހުންގެ މުއައްސަސާއަށް ރިޕޯޓުކުރެވިފައިވާކަމަށް އެ މުއައްސަސާއިން ހާމަކޮށްފިއެވެ. މިއީ އެ މުއްދަތުގައި ރިޕޯޓުކުރެވުނު މައްސަލަތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނަ މައްސަލަތައް ރިޕޯޓުކުރެވުނު ބާވަތެވެ.

ފުލުހުންގެ މުއައްސަސާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މާޗު މަހު އެންމެ ގިނައިން ރިޕޯޓުކުރެވިފައިވަނީ ޓްރެފިކް އެކްސިޑެންޓުތަކާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން އެ ބާވަތުގެ 784 މައްސަލައެއް ރިޕޯޓުކުރެވިފައިވެއެވެ. އަދި މަސްތުވާތަކެއްޗާ ގުޅުންހުރި 393 މައްސަލައާއި، މުދާ ގެއްލިގެން 242 މައްސަލަވެސް ހުށަހެޅިފައިވެއެވެ.

މީގެއިތުރުން، މުދަލަށް ގެއްލުންދިނުމުގެ 157 މައްސަލައާއި، މާރާމާރީގެ 152 މައްސަލަ ރިޕޯޓުކުރެވިފައިވާއިރު، ހިޔާނާތްތެރިވުމުގެ 115 މައްސަލަވެސް ހުށަހެޅިފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. އަދި ފޭރުމުގެ 64 މައްސަލައާއި، ޖިންސީ ކުށްތަކުގެ 53 މައްސަލައާއި، ގެވެށި އަނިޔާގެ 53 މައްސަލަވެސް ފުލުހުންނަށް ރިޕޯޓުކުރެވިފައިވެއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާގޮތުގައި، ލިޔެކިއުންތައް ނަކަލުކުރުމުގެ 22 މައްސަލައެއްވެސް މި މުއްދަތުގައި ރިޕޯޓުކުރެވިފައިވެއެވެ. މިއީ އެ މުއްދަތުގައި ރިޕޯޓުކުރެވުނު މައްސަލަތަކުގެ ތެރެއިން އެންމެ މަދުން ރިޕޯޓުކުރެވުނު ބާވަތުގެ މައްސަލަތަކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: