ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ރަޖިސްޓްރީވުމުގެ ސުންގަޑި އިތުރުކޮށްފި

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު/ ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގައި ރަޖިސްޓްރީވުމުގެ ސުންގަޑި އިތުރުކޮށްފިއެވެ.

ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް ބާއްވާ މައުރަޒެކެވެ. އެގޮތުން ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 “ ގެ ނަމުގައި މި މައުރަޒު ކުރިއަށްދާނީ 2025 ވަނަ އަހަރުގެ މޭމަހުގެ ތެރޭގައެވެ.

މި މައުރަޒުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި މިހާރު ވަނީ 15 އޭޕްރީލް 2025 ގެ ނިޔަލަށް އިތުރުކޮށްދީފައެވެ.

އެފަދަ މައުރަޒެއް ބޭއްވުމަށް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން ނިންމަވާފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ރަށްތަކަށްވެސް އަންގަވާފައެވެ. އަދި މިމައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ 23 މެއި 2025 އިން 31 މެއި 2025 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައެވެ.

މައުރަޒުގައި ވާދަކުރުމަށް ހުޅުވާލާ ބައިގައި އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި، ރަށްރަށާއި، ސިޓީތަކާއި، ތައުލީމުދޭ މަރުކަޒުތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތައް އަދި ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ދާއިރާއިން ބައިވެރިވެވޭނެއެވެ. ބައިވެރިވުމަށް ހުޅުވާލެވިފައިވަނީ މައިގަނޑު 15 ބައިން 81 ގިންތިއަކުންނެވެ. މައުރަޒުގައި ތަކެތި ބައިވެރިކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުވެސް މިހާރު ވަނީ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި މައުރަޒުގައި ރަޖިސްޓްރީ ވުމުގެ މުއްދަތު އިތުރުކޮށްދީފައިވަނީ ވީހާވެސް ގިނަ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު އިގްތިސާދީ ތަސައްވުރާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ތެރެއިން ފަށާފައިވާ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ސައީދުވަނީ ސަރުކާރުން ދިވެހިރާއްޖޭގެ ވިޔަފާރި މާހައުލު ހަރުދަނާކުރުމުގެ ގޮތުނާއި ކުދި ވިޔަފާރިތަކަށް ޖާގަ ކަށަވަރުކޮށްދިނުމުގެގޮތުން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާފައެވެ. ސައީދު ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒު ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ޓްރޭޑްމާކުގެ ގާނޫނާއި ޕެޓެންޓު މެދުވެރިކޮށް ވިޔަފާރީގެ ބްރޭންޑް ރައްކައުތެރިކޮށްދިނުމުގެ އިތުރުން ވިޔަފާރިކުރައްވާ ފަރާތްތަކަށް ދެމެހެއްޓިނިވި ގޮތެއްގެ މަތިން ޔަގީންކަން ފޯރުކޮށްދިނުމުގެގޮތުން އެކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށެވެ.މިނިސްޓަރ ވިދާޅުވީ، މި އަހަރުގެ ތެރޭގައި އޮންލައިން ވިޔަފާރިކުރައްވާ ފަރާތްތަކަށް މީގެ ކުރިން ފަހިވެފައިނުވާ އެތައް ފުރުސަތުތަކެއް ފަހިކޮށްދެއްވާނެކަމަށެވެ.

މިނިސްޓަރވަނީ މިއީ މިފަދަ މައުރަޒެއް ރާއްޖޭގައި ބޭއްވީ ފުރަަތަމަ ފަހަރުކަންވެސް ވާހަކަފުޅުގައި ފާހަގަކުރައްވާފައެވެ. އަދި މަސައްކަތްތައް ކުރިއަށް ގެންދަނީ ޒަމާނީ ވަސީލަތްތަކާއި ގުޅުންހުރި ކަންކަންވެސް ހިމެނޭހެންކަށާއި މިއީ އެފަދަ މަސައްކަތްތެރިންނަށް ފަހި މާހައުލެއް ގާއިމުކޮށްދީ އައު ހިޔާލުތަކަށް ތަނަވަސް ޖާގައެއް ލިއްބައިދިނުމަށްޓަކައި ރޭވިފައިވާ މައުރަޒެއްކަމަށް ސިފަކުރެއްވިއެވެ.

ރައީސް ޑރ މުއިއްޒުގެ ވިސްނުންފުޅުގެ މަތިން ކުރިއަށް ގެންދާ މައުރަޒުގެ މަސައްކަތްތައް ފެށިގެންދާނީ މޭ މަހުގެ 23 ވަނަ ދުވަހުގައިކަމަށްވާއިރު ނިންމާލާ ތާރީހެއްގެ ގޮތުގައި އެ މަހުގެ 31 ވަނަ ދުވަސް އިކޮނޮމިކް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. މިއީ ރައީސްގެ ތަސައްވުރާއި އެއްގޮތަށް މުޅި ރާއްޖެއަށ އަމާޒުކޮށްގެން އުފެއްދުންތެރިކަން އިތުރުކޮށް އިގްތިސާދު ފުޅާކުރުމަށްޓަކައި ކުރެވިގެންދާ މަސައްކަތްތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: