ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޒްރޭލުން ޣައްޒާގައި ސިއްހީ ހިދުމަތްތެރިންތަކެއް މަރާލައިފި

އައިޑީއެފް ޣައްޒާގައި ހަރަކާތްތެރިވަނީ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޣައްޒާގެ ދެކުނު ސަރަހައްދުގައި ގިނަ އަދަދެއްގެ ސިއްހީ ހިދުމަތްތެރިން މަރާލި މައްސަލައިގައި އދއިން އެ ގައުމުގެ ފަރާތުން ޖަވާބުދާރީވުމަށް އެދިފިއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން އދގެ އެއިޑް ޗީފްވަނީ އިސްރާއީލުން ދީފައިވާ ނުރައްކާތެރި ހަމަލާއެއްގެ މައްސަލައިގައި އެ ގައުމުގެ ފަރާތުން ޖަވާބެއް ހޯދުމުގެ މަސައްކަތްތައް ފަށާފައެވެ. މިފަހުން އެ ގައުމުގެ އަސްކަރިއްޔާއިން ޣައްޒާގައި މަސައްކަތްކުރާ 15 ސިއްހީ ހިދުމަތްތެރިން ރަހުމުކުޑަ ގޮތަކަށް މަރާލާފައިވާކަމުގެ މައްސަލަ ފެންމަތިވެފައިވެއެވެ.

އދގެ އަނޑާރ ސެކެޓްރީ ޖެނެރަލް ފޯ ހިއުމޭނިޓޭރިއަން އެފެއާޒް ޓޮމް ފްލެޗާ ބުނެފައިވާގޮތުން އެ ޖަމިއްޔާއިން އިސްރާއީލުގެ ފަރާތުން ޖަވާބުދާރީވުމަށް އެދޭކަމަށެވެ. އަދި އިސްރާއީލުގެ މައްޗަށް އެއްވެސް ވަރެއްގެ ނުފޫޒެއް ފޯރުވޭ ފަރާތެއްވާނަމަ މިފަދަ އަމަލުތައް ހުއްޓުވާލުމަށް މަސައްކަތްކުރުމަށްވެސް އެދޭކަމަށް ބުނެފައިވެއެވެ.

އޭނާ ވިދާޅުވީ، ޣައްޒާގެ ރައްޔިތުންނަށް ޕްރެޝަރު ކުރުމުގެ ގޮތުން ގަސްތުގައި އެހީއަށް ހުރަސްއެޅުމުގެ ސިޔާސަތެއް އޮތްކަން ފެނިގެންދާކަމަށެވެ. 15 ސިއްހީ ހިދުމަތްތެރިން މަރާލި މައްސަލައިގައި އިސްރާއީލުން ބުނެފައިވަނީ އެ ގައުމުން ހަމަލާ ދިނީ ކޮން ބައެއްކަން ސާފުނުވާ ގޮތަކަށް ދަތުރުކުރަމުންދިޔަ އުޅަނދަކާއި މެދު ޝައްކު އުފެދިގެންކަމަށެވެ. މި ހާދިސާ ހިނގުމުގެ ކުރިން އިސްރާއިލުންވަނީ އެ ސަރަހައްދު ހުސްކުރުމަށް އަންގާފައެވެ.

މަރުވި މީހުންގެ ތެރޭގައި ރެޑް ކްރެސެންޓަށް މަސައްކަތްކުރާ 8 މީހުންނާއި ޣައްޒާގެ ސިވިލް ޑިފެންސް އެމަރޖެންސީ ޔުނިޓުގެ 6 މެމްބަރުންގެ އިތުރުން އދއިން ގައްޒާއަށް އެހީތެރިކަން ފޯރުކޯށްދިނުމަށް އުފައްދާފައިވާ ގޮފީގެ މުއައްޒަފެއްވެސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: