ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގދ. ގައްދޫގައި އައިޑީކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފަށަައިފި

ފޮޓޯ: ޑީއެންއާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގ.ދ ގައްދޫގައި އައިޑީކާޑު ޕްރިންޓު ކުރުމުގެ ހިދުމަތްތައް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ދޭންފަށައިފިއެވެ.

މި ހިދުމަތް ތައާރަފު ކުރުމާއި ގުޅޭގޮތުން ޑީއެންއާރުން ނެރުނު ބަޔާނެއްގައި ބުނީ، ގައްދޫގައި އައިޑީކާޑުގެ ހިދުމަތް ދެމުން ގެންދާނީ ރަށު ކައުންސިލުން ކަމަށެވެ.

މީގެ ކުރިން ގައްދޫގެ ރައްޔިތުން އައިޑީ ކާޑުގެ ހިދުމަތް ހޯދަމުން ދިޔައީ މާލެއިން އައިޑީކާޑު ޕްރިންޓުކޮށް ފޮނުވައިގެންނެވެ. އަލަށް ފެށި މި ހިދުމަތާއި އެކު ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ވެގެންދާނެކަމަށް ޑީއެންއާރުއިން ވަނީ ބުނެފަ އެވެ.

މިއީ މާލެ ސަރަހައްދުގެ ބޭރުން ޑީއެންއާރުގެ ހިދުމަތްތައް ދޭ 15 ވަނަ ލޮކޭޝަނެވެ.

ސަރުކާރުން މީހުން ދިރިއުޅޭ ރަށްތަކުގައި އަދި އަތޮޅުވެރިކަން ކުރާ ރަށްތަކުގައި އައިޑީކާޑުގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްތައް އެންމެ ފުރަތަމަ ފަށައިފައި ވަނީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެގޮތުން، އެންމެ ފުރަތަމަ މާލެއިން ބޭރުގައި އައިޑީކާޑު ޕްރިންޓުކުރުމުގެ ހިދުމަތް ދޭން ފަށައިފައިވަނީ ގއ. ވިލިނގިލީގައެވެ.

ގައްދޫގައި އައިޑީކާޑު ޕްރިންޓުކުރުމުގެ ހިދުމަތް ފެށިފައިވާއިރު، އެ އަތޮޅުގައި ވެރިކަން ކުރާ ގދ ތިނަދޫގައި މި ހިދުމަތް ދެމުންދާކަން ފާހަގަކުރެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: