ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެކުނު ކޮރެއާގެ ރައީސް އަޒުލުކުރުމާއެކު ޤައުމު ހަލަބޮލިކަމަކަށް!

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް އިސްތިއުފާ ދެއްވުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުން
ޝެއާރކޮށްލާ ކަހަލަދޯ؟

މަގާމުން އެކަހެރިކޮށްފައިވާ ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް އަޒުލުކުރުމަށް އެ ޤައުމުގެ ދުސްތޫރީ ކޯޓުން ޙުކުމ ކުރުމާއެކު އެ ޤައުމުގެ ސިޔާސީ މަސްރަހު ހަލަބޮލިވެއްޖެއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން ދެކުނު ކޮރެއާގެ ރައީސްކަމުގައި ހުންވަނިކޮށް ބާރުތައް އަތުލައި މަގާމުން އެކަހެރިކޮށްފައިވާ ޔޫން ސުކް ޔޯލް މަގާމުން ވަކިކޮށްފައިވަނީ އޭނާގެ މައްސަލަ އެ ގައުމުގެ ގާނޫނުއަސާސީގެ ކަންކަން ބެލެހެއްޓުމުގެ އިހުތިސާސް ކަނޑައެޅިފައިވާ ކޮންސްޓިޓިއުޝަނަލް ކޯޓުން ބެލުމަށްފަހުއެވެ.

އެހެންކަމުން މިހާރު އެ ގައުމު ތައްޔާރުވަމުންދަނީ އައު ލީޑަރަކު އިންތިހާބުކުރުމަށް ކަމަށްވާއިރު ޔޫން ވަކިކޮށްފައިވަނީ ކުއްލި ހާލަތު އިއުލާނުކުރިތާ ހަތަރު މަސް ދުވަސް ފަހުންކަން ފާހަގަކުރެވެއެވެ.

އޭނާ މަގާމުން ވަކިކޮށްފައި ވަނީ މައްސަލަ ބަލާ ބެންޗުގައި ހިމެނުނު ގާޒީންގެ އިއްތިފާގުންނެވެ. ޔޫންއަކީ ޕްރޮސެކިއުޓަރެއްގެ މަގާމުގައި މަގުބޫލުކަން ހޯދާފައިވާ މީހެއްކަމަށްވާއިރު އޭނާއަށް ވެރިކަން ލިބިވަޑައިގަތީ ސިޔާސީ މަސައްކަތްތަކުގެ ތެރެއަށް ވަތްތާ މަދު ދުވަސްތަކެއްގެ ތެރޭގައެވެ.

ޔޫންގެ މައްސަލައިގައި ހުކުމް ކުރުން ޓީވީން ވަގުތުން ގެނެސްދީފައިވާއިރު ކޯޓުގެ އެކްޓިންގް ޗީފް ގޮތުގައި ހުންނެވި މޫން ޔަންގް ބޭ ވިދާޅުވިގޮތުން 8 ގާޒީން ހިމެނޭ ބެންޗުން ޔޫން މަގާމުން އެކަހެރިކޮށްފައިވުން ދަމަހައްޓާފައިވަނީ އެ ގައުމުގެ ގާނޫނުއަސާސީ އަދި ގާނޫނުތަކާއި ހިލާފަށް ކުއްލި ހާލަތު އިއުލާނު ކޮށްފައިވުމުންކަމަށެވެ.

އެގޮތުން ހަމައެކަނި ކުއްލި ހާލަތު އިއުލާނުކުރީ ނޫންކަމަށާއި އަސްކަރިއްޔާ ހަރަކާތްތެރި ކުރުވައިގެން އޭނާ ހިންގާފައިވަނީ ސީދާ ގާނޫނުއަސާސީ އާއި ހިލާފު އަމަލެއްކަމަށާއި ފުލުހުން މެދުވެރިކޮށް ގާނޫނު ތަންފީޒުކުރުމުގެ ބާރު ލިބިފައިވާ ފަރާތްތަކުގެ މަސައްކަތްތަކަށްވެސް ހުރަސް އެޅުއްވިކަމަށް ބުނެފައިވެއެވެ. އެހެންކަމުން ގާނުނުއަސާސީގެ ބާރު ހިފެހެއްޓިގެންދިއުމަށްޓަކައި އޭނާ ވަކިކުރުމަކީ ލިބިގެންދާ ފައިދާތަކާއި ބަލައި ކުޑަ ގެއްލުމެއްގެ ގޮތުގައި ދެކޭކަމަށް ބުނެފައިވެއެވެ.

އެ މައްސަލަ ބެލުމަށްފަހު މިހާރު އެ ޤައުމުގެ ދުސްތޫރީ ކޯޓުން ވަނީ ޔޫން އަޒުލުކުރުމަށް ޙުކުމްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: