ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ ޕްރޮޖެކްޓެއް ވެސް ހަވާލު ކުރަނީ ވަކި މުއްދަތެއްގެ ތެރޭގައި ނިންމާ ގޮތަށް، ޕްރައިއޯރިޓީއަކީ އެއީ: ސައުދީ

ޕްލޭނިން އެންޑް ހައުސިން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބުއާއި، އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ޕްރޮޖެކްޓެއް ވެސް ކުންފުންޏާއި ހަވާލު ކުރަނީ ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށްކަމަށްވުމާއި އެކު ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ކޮލިޓީ ރަނގަޅު ޕްރޮޑަކްޓެއް އެ ވަގުތުގެ ތެރޭގައި ރައްޔިތުންނަށް ފޯރުކޮށް ދިނުންކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑު ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރު، ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސައުދީ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ސަރުކާރު“ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ސައުދީ ވިދާޅުވީ ރަށްރަށުގައި ހިންގާ ޕްރޮޖެކުޓުތައް ކަނޑައެޅިފައިވާ މުއްދަތައް ނިންމުމަކީ ކުންފުނީގެ އެންމެ ބޮޑު އަމާޒު ކަމަށެވެ. ސައުދީ ވިދާޅުވީ އެމްޓީސީސީއަށް ޕްރޮޖެކްޓެއް ހަވާލުކުރެވޭއިރު، ޕްރޮޖެކްޓު ހަވާލު ކުރާ ފަރާތުގެ ވަކި ޝަރުތުތަކެއް ވެސް ހުންނާނެކަމަށެވެ. އަދި ޕްރޮޖެކްޓަށް ކަނޑައެޅިފައިވާ ވަގުތަށް އެ ޕްރޮޖެކްޓު ނިންމަން ޖެހޭނެކަމަށާއި ކަނޑައެޅިފައިވާ ވަގުތަށް ޕްރޮޖެކްޓު ނުނިންމޭ ކަމުގައިވާނަމަ ޖުރިމަނާތައް އަންނަކަމަށް ވިދާޅުވި އެވެ.

އެމްޓީސީސީއިން ހިންގާ ޕްރޮޖެކްޓުތަކުގެ ފެންވަރާއި ހިފަހައްޓަންޖެހޭ މިންގަނޑު ހިފެހެއްޓުމުގައި ސަމާލުކަން ދޭ މިންވަރާއި ގުޅޭގޮތުން ސައުދީ ވިދާޅުވީ ކޮންމެ ޕްރޮޖެކްޓަކަށް ހަވާލުވެ ހުންނަ ކްލައިންޓް ކޮންސަލްޓެންޓް މެެދުވެރިކޮށް، ޕްރޮޖެކްޓުގެ ކޮންމެ ސެގްމެންޓެއް ނިންމޭ ހިސާބަށް ވާސިލުވުމުން، ޕްރޮޖެކްޓުގެ މަސައްކަތާއި ގުޅޭގޮތުން ވާހަކަދައްކާ ކަމަށެވެ.

އެހެންވީމަ، ކުންފުނީގެވެސް ޖުރިމާނާކުރުމާއި އަދި ކުރާ މަސައްކަތުގެ ކުއަލިޓީގެ ސަބަބުން އިތުރު ފައިންއެއް އައިނުދިނުމަށްޓަކައި އެ އިންނަ ޓައިމްލައިނެއްގެ ތެރޭގަ ނިންމުމަށްޓަކައި ކޮމްޕެނީގެ ޕްރައިއޮރިޓީއަކަށްވަނީ

ސައުދީ ވިދާޅުވެފައި ވަނީ، އެމްޓީސީސީން ހަވާލުވާ ޕްރޮޖެކްޓުގެ މަސައްކަތުގެ ކުއަލިޓީއާއި ޕްރޮޖެކްޓު ނިންމަންޖެހޭ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމުމަކީ ކުންފުނީގެ އެންމެ ބޮޑު ކާމިޔާބީއަށް ވެސް ވާނެކަމަށެވެ.

ސައުދީ ވިދާޅުވީ، ބަނދަރު އަދި އެހެނިހެން ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމުގެ މެދުތެރޭގައި ސަރުކާރުން ސްކޯޕް ބަދަލު ކުރުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެއްކަމަށެވެ. އެގޮތުން، ޕްރޮޖެކްޓެއްގެ ޑިޒައިން ވަކި ގޮތަކަށް ނިންމައިފައި ޕްރޮޖެކްޓު ކުރިޔަށް ގެންދާ ވަގުތުގައި ޕްރޮޖެކްޓަށް ބަދަލުތަކެއް ގެންނަން ރަށުގެ ރައްޔިތުން ސަރުކާރުގެ ގާތުގައި އެހުމުގެ ސަބަބުން ޕްރޮޖެކްޓު ހުއްޓުމަކަށް އަންނަން މެދުވެރިވާކަން ފާހަގަކުރި އެވެ. އެއީ، ޕްރޮޖެކްޓަށް ގެނެވޭ ވޭރިއޭޝަންތައް ގެންނަންވީ ގޮތްތަކާއި މެދު ގޮތެއް ނިންމުމާއި އަދި ޕްރޮޖެކްޓަށް ބޭނުންވާނެ އިތުރު ސާމާނު ހޯދަންޖެހުމުގެ ސަބަބުންކަމަށް ސައުދީ ވިދާޅުވިއެވެ.

މީގެއިތުރުން ސައުދީ ވިދާޅުވީ، ވަރަށް ގިނަ ޕްރޮޖެކްޓުތައް ލިބެނީ ޑިޒައިން އެންޑް ކޮންސްޕްޓުގެ އުސޫލުންކަމަށާއި އެ ޕްރޮޖެކްޓުތަކަށް ބޭނުންވާނެ މެޓީރިއަލް ރާއްޖެއިން ނުލިބޭ ހާލަތެއްގައި ބޭރުން އެ ސާމާނު އައުޓު ސޯސް ކުރާކަމަށެވެ.

އެހެންވީމަ، އެކަހަލަ ކަންތައްތަކާ ހުރެ ބައެއް ފަހަރު އެސްޓިމޭޓްކުރާ ޓައިމްލައިންއަށް ވުރެ ދިގުވެގެން އެބަ ދޭ، ދިގުލައިގެންދާކަމަށްވަންޏާ ހަމަ ފައިންއެއް އަންނާތީ ކޮމްޕެނީގެވެސް ޕްރައިއޯރިޓީއެއް އަވަހަށް މަސައްކަތް ނިންމުން، އެމްޓީސީސީއަކީ ވިޔަފާރި ކުންފުންޏެއް، ޕްބްލިކް ލިސްޓެޑް ކޮމްޕެނީއަކަށް ވާތީ ޕަބްލިކް ޝެއާ ހޯލްޑަރުންވެސް ތިބޭނެ އެހެންވީމަ އަޅުގަނޑުމެންނަށްވެސް މަސައްކަތްކުރަން ހަމަ މައިނޯރިޓީ ޝެއާހޯލްޑާސްގެ ރައިޓްސް ޕްރޮޓެކްޓުކޮށްގެެން، ކޮމްޕެނީގެ ބުކްސް ރީތިކޮށްގެން މަސައްކަތް ކުރިޔަށް ގެންދަން

ސައުދީ ވިދާޅުވެފައި ވަނީ، އެމްޓީސީސީއަކީ ވިޔަފާރި ކުންފުންޏަކަށްވެފައި ރައްޔިތުން ވެސް ކުންފުންޏާއި މެދު ހާއްސަ ވަކި އުންމީދުތަކެއް ގެންގުޅުމެވެ. އަދި ވިދާޅުވީ ކުންފުނީގެ ހިއްސާދާރުންނާއި، ކުންފުނީގެ މައްޗަށް އިތުބާރު ކުރާ ފަރާތްތަކުން އެދޭ ގޮތަށް މަސައްކަތް ކުރިޔަށް ގެންދެވޭތޯ ބަލާކަމަށެވެ.

މިވަގުތު ކުންފުނިން 150 އަށް ވުރެ ގިނަ ޕްރޮޖެކްޓުތައް ކުރިޔަށް ގެންދާއިރު، އެމްޓީސީސީ ތަފާތު އެކި ދާއިރާތަކުގައި ހަރަކާތްތެރިވާކަން ވެސް ސައުދީ ފާހަގަކުރި އެވެ. މިއާއި އެކު ކުރީ ސަރުކާރުގައި ހުއްޓިފައި ހުރި ބައެއް މަޝްރޫއުތައް އެމްޓީސީސީއަށް ލިބިފައިވާއިރު އަންނަ ހަފްތާގެ ތެރޭގައި މަސައްކަތްތައް ފަށާނެކަމަށް ސައުދީ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: