ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުއްދައެއް ނަގަން ޖެހޭނީ، ސެންޓްރަލް ޕާކުގައި ގޮނޑި މޭޒު ބަހައްޓާނަމަ: އެޗްޑީސީ

ހުޅުމާލެ ޕާކްގައި ޕިކްނިކް ހެދުމަށް ފަހު ސަރަހައްދު އޮތް ގޮތުގެ ފޮޓޮއެއް: ފޮޓީޯ/ އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސެންޓްރަލް ޕާކު ބޭނުން ކުރުމުގައި ހަމައެކަނި ހުއްދަ ނަގަން ޖެހޭނީ، ގޮނޑި މޭޒު ޖަހައިގެން އެއްވެސް އެއްވުމެއް ކުރިޔަށް ގެންދާނަމަ އެކަނިކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ކުރިޔާލައި ހުއްދަ ނުނަގައި ސެންޓްރަލް ޕާކުގައި ޕިކްނިކްގެ އެއްވުންތައް ނުބޭއްވޭނެކަމަށް އެޗްޑީސީގެ އޮފިޝަލުންތަކެއް އަންގާފައިވާކަމަށް ސޯޝަލް މީޑިއާގައި ވަނީ ޕޯސްޓެއް ދައުރުވެފަ އެވެ. އެ ޕޯސްޓުގައިވާ ގޮތުން ޕިކްނިކްގެ ދެ ދުވަސް ނުވަތަ ތިން ދުވަސް ކުރިން ހުއްދަ ނަގަން ޖެހެ އެވެ.

މިކަމާއި ގުޅިގެން އެޗްޑީސީ މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ އާންމު ތަންތަން ކުއްޔަށް ދޫކުރުމާއި ބޭނުންކުރުމުގެ ގައިޑްލައިނުން، ޕިކްނިކްތައް ބޭއްވުމުގައި ހުއްދަ ނަގާކަށް ނުޖެހޭނެކަމަށެވެ. އެހެން ނަމަވެސް ޕާކު ނޫނީ ބީޗުތައް ހަޑިވާ ގޮތަށް އަމަލުތައް ފާހަގަކުރެވޭނަމަ، އެޗްޑީސީގެ މުވައްޒަފުންގެ ފަރާތުން ސަމާލުވުމަށް އެދި އަންގަން ޖެހޭ އެންގުންތައް އަންގާނެކަމަށް ވެއެވެ.

އެޗްޑީސީ ބުނި ގޮތުގައި މި ގޮތަށް ނިންމާފައި ވަނީ ޕާކުގެ ސާފުތާހިރުކަން ބެހެއްޓުމުގެ ގޮތުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: