ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްބީސީ)ގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަގާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އޭޕްރިލް 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އެޕްލިކޭޝަން ބަލައިގަންނާނީ ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 8:30 އިން މެންދުރު 12:00 އާ ހަމައަށެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި، ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލާ މީހާގެ އިގުރާރު، ދިވެހިރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދަ ނުވަތަ އެހެނިހެން ހުއްދަ، އަދި ފުރިހަމަކުރެވިފައިވާ ކުށާއި ދަރަނީގެ ރިކޯޑު ހިމެނެއެވެ.

މި މަގާމު ހުސްވެފައިވަނީ ބްރޯޑްކޮމްގެ ނައިބު ރައީސް މުހައްމަދު ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ބްރޯޑްކޮމްގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި މިނިވަން އަދި ޒިންމާދާރު މީޑިއާތައް ތަރައްގީކުރުމާއި، މައުލޫމާތު ލިބޭނެ ގޮތްތައް އިތުރަށް ފުޅާކުރުމާއި، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކުރުމާއި، ޤައުމުގައި ބްރޯޑްކާސްޓްކުރުމުގެ ދާއިރާ ރެގިއުލޭޓްކޮށް ތަރައްގީކުރުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: