ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝާމިލް ދޮގުހެދިކަމަށް ބުނެ އަޒްމިރަލްދާ ފުލުހަށް މައްސަލަ ހުށައަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީިމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްޗަށް ތަހުގީގެއް ހިންގާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖެއެސްސީ)އަށް އޭސީސީގެ ރައީސް އާދަމް ޝާމިލް މައުލޫމާތު ދެއްވީ ތަހުގީގެއް ނުފަށަނީސް ކަމަށްބުނެ އަޒްމިރަލްދާގެ ފަރާތުން ފުލުހަށް މައްސަލަ ހުށައަޅައިފިއެވެ.

ޝާމިލް ދޮގު ހެދިކަމަށް ތުހުމަތުކޮށް ޖިނާއީ ތަހުގީގެއް ހިންގަން ފުލުހަށް މައްސަލަ ހުށައެޅިކަން އަޒްމިރަލްދާގެ ގާނޫނީ ވަކީލް މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ ބަޔާންކޮށްފައެވެ. އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ މައްޗަށް އޭސީސީން ތަހުގީގު ހިންގަނީ އަޒްމިރަލްދާގެ ފިރިކަލުން އިސްމާއިލް ލަތީފްގެ ބަންދު އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައެވެ.

އެހެންނަމަވެސް އޭސީސީން ބަލަނީ ސީދާ ކޮން މައްސަލައެއް ކަމެއް އެކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ. އޭސީސީން ހިންގާ ތަހުގީގަށް ހުރަސްއެޅިދާނެ ކަމަށް ބުނެ އެ މައުލޫމާތުތައް މީޑިއާތަކަށް ހިއްސާ ކުރުމަށްވަނީ އިންކާރުކޮށްފައެވެ.

އޭސީސީން ތަހުގީގުކުރާ މައްސަލައިގައި ބަޔާން ނެގުމަށާއި ސުވާލުކުރުމަށް އަޒްމިރަލްދާ އަދި މަހާޒްއަށް އަންގާފައި ނުވާކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް ކްރިމިނަލް ކޯޓުގެ ތިން ގާޒީއެއްގެ ބަޔާން ކޮމިޝަނުން ނެގިއެވެ. އެއީ ސޮފްއަތު ހަބީބް އާއި އިބްރާހިމް ޒިހުނީ އަދި އާދަމް މުހައްމަދެވެ.

އަޒްމިރަލްދާ ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލް ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ މައްސަލައެއް އޭސީސީއަށްވެސް ހުށަހަޅުއްވައިފައެވެ. އަދި އޭސީސީއަށް ހުށަހެޅުއްވި އެ މައްސަލަ ބެލުމަށް އެ ކޮމިޝަނުގައި މައްސަލަ ރަޖިސްޓްރީ ވެސް ކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: