ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓާއި ހިލާފަށް، ސަރުކާރާއި އެމްއެމްއޭއާއި ގުޅިގެން މާލީ ނިޒާމުގެ އިތުބާރު ނަގާލުމަށްޓަކައި މަސައްކަތްކުރާކަމަށް ބުނެ ގަރާރެއް

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނު އަސާސީއާއި ކަމާ ގުޅޭ ގާނޫނުތަކާއި އަދި 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓާއި ހިލާފަށް ސަރުކާރާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކުރަމުން ގެންދާ ކަންކަމާއިމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މި ގަރާރު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ އަހުމަދު ޝަމްހީދެވެ.

ޝަމްހީދު ހުށައެޅުއްވި ގަރާރުގައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ށ) ގައި ރައްޔިތުންގެ މަޖިލީހުން ހުއްދަލިބިގެން މެނުވީ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައިވާ މިންވަރަށްވުރެ ހަރަދު އިތުރުކޮށްގެން ނުވާނެކަމަށެވެ. އަދި ބަޖެޓުގައި ވަކި ކަމަކަށް ހަރަދެއް ކުރުމަށް ކަނޑައަޅާފައިވާނަމަ އެ ހަރަދެއް ކުރަން ވާނީ އެކަމަކަށް އެކަނިކަމަށް ބުނާކަން ފާހަގަކުރި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނުގެ 4 ވަނަ މާއްދާގައި، އެ އޮތޯރިޓީގެ މައިގަނޑު މަގްސަދުތައްކަމަށް ބަޔާންކޮށްފައި ވަނީ ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުމަށް މަގުފަހިވާ ގޮތެއްގައި ޕްރައިސް ސްޓެބިލިޓީ ދެމެހެއްޓުމާއި، މި މަގްސަދު ހާސިލުކުރުމަށް އުނިކަމެއް ނާންނާނެހެން ފައިނޭންޝަލް ސްޓެބިލިޓީ ދެމެހެއްޓުމުމެވެ. އަދި މި މަގްސަދުތައް ހާސިލު ކުރުމަށް އުނިކަމެއް ނާންނާނެހެން ރާއްޖޭގެ އިގްތިސާދީ ހަމަޖެހުމާއި، ކުރިއެރުން ގެނައުމަށް ސަރުކާރަށް އެހީތެރުވުމަށްކަމަށް ގަރާރުގައިވެއެވެ.

ޝަމްހީދުގެ ގަރާރުގައި ބުނެފައި ވަނީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މައިގަނޑު މަސައްކަތާއި ބާރުގެ ގޮތުގައި ބަޔާންކޮށްފައި ވަނީ މަނިޓަރީ ސިޔާސަތުތައް އެކަށައަޅައި ފާސްކުރުމާއި، މަނިޓަރީ މަގްސަދުތަކާއި، މައިގަނޑު އިންޓްރެސްޓް ރޭޓްތަކާއި، ދިވެހިރާއްޖޭގައި ފައިސާ ލިބެން ހުންނާނެ ގޮތް ހެދުމާއި، އެކަންކަމާ ގުޅޭ ގޮތުން އެއިރަކަށް އެކަށީގެންވާ ނިންމުންތައް ކަނޑައެޅުންކަމެވެ.

ދައުލަތުގެ މާލިއްޔަތު ގާނޫނުގެ 47 ވަނަ މާއްދާގެ (ށ) ގައި މި ގާނޫނުގައި ނުވަތަ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތް ނޫން ގޮތަކަށް ދައުލަތުގެ ފައިސާއިން ހަރަދުކުރުން ނުވަތަ ދައުލަތުގެ މުދަލެއް ވިއްކާލުން، ނުވަތަ ނައްތާލުން ނުވަތަ ދޫކޮށްލުން އެއީ ހުއްދަނޫން އަމަލެއްކަމަށް މި ގާނޫނުގެ ދަށުން ބެލެވޭނެކަން ވެސް ޝަމްހީދުގެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައި ސަރުކާރުން ދައުލަތުގެ މަރުކަޒީ ބޭންކުން ދަރަންޏަށް ފައިސާ ނަގަންވާނީ ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށް އަދި ގިނަވެގެން 91 ދުވަހުގެ ތެރޭގައި އެ ދައިސާ ދައްކާ ހަލާސްކުރާ ގޮތަށް އެޑްވާންސްގެ ގޮތުގައިކަމާއި އަދި މި ގޮތުން ފައިސާ ނެގޭނީ ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ 2.5 އަށްވުރެ އިތުރުނުވާނެ ގޮތެއްގެ މަތިންކަމަށް ވެސް ވަނީ ބުނެފަ އެވެ.

ގަރާރުގައި ބުނެފައި ވަނީ މަރުކަޒީ ބޭންކުން ފައިސާ ނެގުމުގެ ބޭނުމުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މިލްކިއްޔާތުގައިވާ ބިމެއް ދައުލަތުގެ މަރުކަޒީ ބޭންކަށް ގަތުމުގެ މުއާމަލާތެއް ހިންގުމަށް ފަހު އެ ފައިސާ އެޗްޑީސީ މެދުވެރިކޮށް ސަރުކާރަށް ދިނުމަށްޓަކައި ހުޅުމާލެއިން ބިން ގައުމަށް އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޮޑުން ނިންމާފައިވާކަމުގެ މައުލޫމާތު ލިބޭކަމަށެވެ. އަދި މަރުކަޒީ ބޭންކުގެ އޮފީސް ހިންގުމަށް ކޮންމެހެން ބޭނުންވާ މިންވަރަށްވުރެ އިތުރަށް އިމާރާތްތަކާއި ބިންތައް ހޯދަންޖެހޭނެ އެއްވެސް މަގުބޫލު ސަބަބެއް ނޯންނާނެކަން ކަށަވަރުވާ ސަބަބަށްޓަކައި މިކަމުގައި ފޮރުވިފައިވާ ކޮންމެވެސް ކަންތައްތަކެއް އޮތްކަމަށް ބެލުމުގެ ފުރުސަތު ނުހަނު ބޮޑުކަމަށް ވެސް ގަރާރުގައިވެއެވެ.

މިއީ ގާނޫނުގައި ކަނޑައެޅުފައިވާ ހަމަތަކާއި އުސޫލުތައް އެއްފަރާތްކޮށް، އެ ހަމަތަކާއި އުސޫލުތަކާއި ކަނޑައެޅިގެން ހިލާފަށް ކުރެވެމުންދާކަމެއްކަމަށްވެސް މި ގަރާރުގައިވެއެވެ. މިކަމުގެ ސަބަބުން ދައުލަތުގެ މަރުކަޒީ ބޭނުންގެ މިނިވަންކަން ގެއްލި އެކަމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ މުޅި މާލީ ނިޒާމުގެ އިތުރުބާރު ގެއްލިގެން ހިނގައިދާނެކަމަށްވެސްވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: