ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫކޭގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ޚާއްސަ ކެމްޕޭނެއް!

ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ފަތުރުވެރިންގެ ތަފާސް ހިސާބުތައް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއަރ އެންޑް ޓްރެވަލް ސަރވިސް ފޯރުކޮށްދޭ އެއް ކުންފުނި ކަމަށްވާ ޓްރެވަލްބޭގާ ގުޅިގެން އިނގިރޭސިވިލާތުގައި ޖޮއިންޓް މާކެޓިންގ ކެމްޕޭނެއް ފަށައިފިއެވެ.

އެމްއެމްޕީއާރްސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއީ މިއަހަރުގެ މާރޗު މަހުން މެއި މަހުގެ ނިޔަލަށް ކުރިއަށްދާނެ ސްޓްރެޓެޖިކް ކޮލަބޮރޭޝަނެކެވެ. މި ކެމްޕޭނުގެ މައިގަނޑު އަމާޒަކީ ޔޫކޭގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އެންމެ މަޤްބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ހޮވުމަށް ބާރުއެޅުމެވެ.

ޓްރެވަލްބޭގަކީ އިނގިރޭސިވިލާތުގައި 8 ރީޓެއިލް ފިހާރަ ހިންގާ ކުންފުންޏެކެވެ. އެ ކުންފުނިން 95 އިންސައްތަ ބުކިންގ ހޯދަނީ މި ފިހާރަތައް މެދުވެރިކޮށެވެ. އަދި މި ކުންފުނި ޚާއްސަވެފައިވަނީވެސް ޔޫކޭގެ ފަތުރުވެރިންގެ މެދުގައި މަޤްބޫލު ރާއްޖެ ފަދަ މަންޒިލްތަކަށެވެ.

ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ޔޫކޭއަކީ ރާއްޖެއަށް ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓެވެ. މިގޮތުން 5 އޭޕްރީލް 2025 ގެ ނިޔަލަށް އެ ޤައުމުން އެކަނިވެސް 70،561 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

އެމްއެމްޕީއާރްސީން ޔޫކޭގެ މާކެޓަށް އަމާޒުކޮށް ގިނަ ޙަރަކާތްތަކެއް ހިންގަމުންދާއިރު، މި އައު ކެމްޕޭނަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް އެޅޭ އިތުރު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: