ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން ވޯޓަށް އެހުމަށް ފަލާހު ގޮވާލައިފި

ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ގަރާރުތަކަށް ބަހުސްކުރަން ފެނޭތޯ ބެލުމަށް ވޯޓަށް އެހުމަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން، ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ގޮވާލައްވައިފިއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުންދަނީ ގަރާރުތައް ހުށަހަޅައިގެން މަޖިލީހުގެ ވަގުތު ބޭކާރުކުރުމަށް ކަމަށެވެ. އަދި ”ކުރިއަށް އޮތް ތަނުގައި ތަނަކުން ތަނަކު ނުޖެހޭ“ ގަރާރުތައް ގިނަވެދާނެތީ، ކުއްލި މައްސަލަތަކެކޭ އެއްފަދައިން ގަރާރުތަކަށްވެސް ބަހުސްކުރުމުގެ ކުރިން ވޯޓަށް އަހަން ޖެހޭނެ ކަމަށް ފެންނަ ކަމުގައި ވިދާޅުވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސްކުރެވެމުންދަނީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ހުށަހަޅުއްވާފައިވާ ގަރާރަކަށެވެ. މި ގަރާރަކީ ޤާނޫނު އަސާސީއާއި ކަމާގުޅޭ ޤާނޫނުތަކާއި 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާ ޚިލާފަށް ސަރުކާރާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކުރަމުންދާ ކަންކަމާމެދު މަޖިލިސް މެންބަރުންގެ ޚިޔާލު ހޯދުމަށް ހުށަހަޅާފައިވާ ގަރާރެކެވެ.

ފަލާހު އިތުރަށް ވިދާޅުވި ގޮތުގައި، މަޖިލިސް މެންބަރުން އިންތިޚާބުކޮށްފައިވަނީ ”ތާކުންތާކު ނުޖެހޭ މަސައްކަތްތައް“ ކުރުމަށް ނޫނެވެ. އެހެންކަމުން، ދާއިރާގެ ރައްޔިތުން އެދޭ ގޮތަށް، ދާއިރާގެ ތަރައްޤީއާ ގުޅޭ މަސައްކަތްތައް ސަރުކާރާ ގުޅިގެން ކުރުމަށް އިސްކަންދޭންވާނެ ކަމަށް ވިދާޅުވިއެވެ.

މިހާރު މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ގަރާރުތަކާއި ބިލުތަކަށް ބަހުސްކުރެވެނީ ވޯޓަކާ ނުލައެވެ. ނަމަވެސް ކުއްލި މައްސަލަތަކަށް ބަހުސްކުރެވެނީ އެކަމަށް މެންބަރުންގެ ވޯޓަކުން ފާސްވުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: