ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަމާނަށް އަންނަ ބަދަލުތަކަށް ރިއާޔަތް ކޮށްގެން އުނގަންނައިދޭންޖެހޭ: މިނިސްޓަރ

އެޑިއުކޭޝަން މިނިސްޓަރ އިސްމާއިލް ޝަފީއު
ޝެއާރކޮށްލާ ކަހަލަދޯ؟

ޒަމާނަށް އަންނަ ބަދަލުތަކަށް ފުރިހަމަ ގޮތުގައި ރީޢާޔަތް ކޮށްގެން އުނގަންނައި ދިނުމަކީ، ތަހުޒީބީ ޖީލެއް ބިނާކުރުމަށް ކޮންމެހެންވެސް ކުރާންޖެހޭނެ ކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ދިރާސީ އައު އަހަރުގެ ކިޔެވުންފެށުމާ ގުޅިގެން ދެއްވި ޚިތާބުގައެވެ.

މިނިސްޓަރ ވިދާޅުވީ ތަޢުލީމީ މަންހަޖުގައި ހިމެނޭ ހުރިހާ މާއްދާތަކުގެ މުޤައްރަރުތައް އަލުން މުރާޖަޢާކޮށް، ދަރިވަރުންނަށް އުނގަންނައިދޭ ކޮންޓެންޓްގެ ފެންވަރު ރަނގަޅުކުރުމަށް މިއަހަރު ޚާއްސަ އިސްކަމެއް ދެއްވާނެކަމަށެވެ.

އެ މަސައްކަތްތައް ކުރިއަށް ގެންދާނީ ތަޢުލީމީ ދާއިރާގެ ޢިލްމާއި ތަޖުރިބާ ލިބިފައިވާ މުދައްރިސުންނާއި ފަންނީ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކުކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހަމައެއާއެކު، މުޅިން އަލަށް ރާއްޖޭގެ ފަށާ ތަޢުލީމުގެ މަރުޙަލާގެ ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ބައިނަލްއަޤުވާމީ ލެވެލްގައި ބެންޗުމާކު ކުރުމުގެ އަމަލީ މަސައްކަތްވެސް ފަށާނެކަމަށް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، އެކި މަރުހަލާތަކުގައި ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ހުރިނެތްގޮތް ދެނެގަތުމަށް، ޤައުމީ ފެންވަރުގައި ކުރިއަށް ގެންދާ ނެޝަނަލް އެސެސްމެންޓް ފޯ ލާނިންގ އައުޓްކަމްސް (ނާލޯ) މިއަހަރުވެސް ކުރިއަށްގެންދާނެކަމަށެވެ. މިހާރުވެސް އެ ދާއިރާތަކުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

 މުދައްރިސުންނަށާއި މިޑްލް މެނޭޖްމަންޓުގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް އަމާޒުކޮށްގެން ފަންނީ ތަރައްޤީގެ ހަރަކާތްތައް ކުރިއަށް ގެންދެވުނު. މިފެށޭ ދިރާސީ އަހަރުވެސް މިފަދަ މުހިންމު ފަންނީ ތަރައްޤީގެ ތަމްރީނު ޕްރޮގްރާމުތައް ކުރިއަށް ގެންދެވޭނެ

މިނިސްޓަރ ވިދާޅުވީ، މިދިޔަ ދިރާސީ އަހަރުގައި އަތޮޅުތަކުގެ 23 ސްކޫލެއްގައި އޭލެވެލްއަށް ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮގްރާމް ފެށުނުކަމަށެވެ. އެކަމުގެ ސަބަބުން އަލަށް އޭލެވެލް ކިޔަވާ ދަރިވަރުންގެ އިންސައްތަވެސް އިތުރުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ސަރުކާރުން ފަށާފައިވާ ކޫލް ސްކޫލް ޕްރޮޖެކްޓަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން އެ ޕްރޮޖެކްޓުގެ ދަށުން ސަރުކާރު ސްކޫލުތަކުގައި ހުރި 3740 ކުލާސްރޫމު، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޭސީކޮށް ނިންމާލުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ނިމިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން، ޒަމާނަށް އަންނަ ބަދަލުތަކާއެކު، ދަރިވަރުންގެ ވިސްނުމަށާއި އުޅުމާއި ގުޅުންތަކަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެ، އެބަދަލުތަކަށް އެންމެ ފުރިހަމަ ގޮތުގައި ރީޢާޔަތްކޮށްގެން އުނގަންނައި ދިނުމަކީ، ތަހުޒީބީ ޖީލެއް ބިނާކުރުމަށް ކޮންމެހެންވެސް ކުރާންޖެހޭނެ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެކަމަށްޓަކައި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެ، ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން އުނގަންނައިދިނުމަށްޓަކައި އުނގަންނައިދިނުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ބަދަލުތައް އަބަދުވެސް ގެންނަމުން ދިޔުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: