ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހާއި ރައީސް ނަޝީދު ނޫނީ އެހެން މީހަކަށް ވުރެ ގައުމުގެ މަސްލަހަތު މާބޮޑު: ޝިއްޕެ

އެމްޑީޕީގެ ކޮންގްރެސްގައި ރައީސް ސޯލިހާއި، ރައީސް ނަޝީދު އަދި ޝިފާޒް އާއި ފައްޔާޒް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއާއި ޑިމޮކްރެޓްސް އެކުގައި މަސައްކަތް ކުރަންވީ ސިޔާސީ ގޮތުން އުފެދިފައިވާ ހިޔާލުތަފާތުވުމެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވުރެ ގައުމުގެ މަސްލަހަތު މާ މުހިންމު ވާތީކަމަށް އެ ދެ ޕާޓީގެ ވެސް ނައިބު ރައީސްކަން ކުރައްވާފައިވާ މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅެން ޖެހޭކަމަށް ތާއީދުކޮށް ބައެއް ފަރާތްތަކުން ވާހަކަ ދެއްކި ނަމަވެސް އެއް ބަޔަކު އަނެއް ބަޔަކަށް ކުރި ތުހުމަތުތަކާއި އަމާޒު ކުރި ފާޑުކިއުންތަކާއި އެކު އިހުލާސްތެރި ނިޔަތެއްގައި ނަތީޖާއެއް ނެރުމަށް މަސައްކަތް ކުރެވިދާނެކަމަށް ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. އަދި އެކަން ފާހަގަކޮށް ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ސުވާލު ކުރުމުން ޝިފާޒް ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ޒަމާންވީ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަށް އެންމެ ފުރިހަމަ ގޮތުގައި ހިފަހައްޓަމުން އައި ޕާޓީކަމަށެވެ.

ޝިފާޒް ވިދާޅުވީ އެމްޑީޕީ އޮޕޮޒިޝަނެއްގެ ގޮތުގައި މިވަގުތު އޮތް ނަމަވެސް، އަސްލު ހަގީގީ މަސައްކަތް ނުކުރެވޭކަމާއި މިއީ އެތައް ބަޔަކު ގުޅިގެން ނިކުންނަންވީ ވަގުތުކަން ސާފުވާކަމަށެވެ. އެހެންކަމުން ދެ ބޭފުޅެއްގެ ދެމެދުގައި އޮތް މައްސަލަތެއް ނުވަތަ ދެ ބައެއްގެ މެދުގައި އޮތް ހިޔާލުތަފާތުވުމަކަށް ވުރެ ގައުމު މާ މުހިންމުވާނެކަމަށް ޝިފާޒް ވިދާޅުވި އެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހު އެކުގައި މަސައްކަތްކޮށްފާނެކަމަށް ރައްޔިތުން ގަބޫލު ކުރަންވީ ކީއްވެގެންތޯ ސުވާލު ކުރުމުން ޝިފާޒް ވިދާޅުވީ އެއީ ގައުމަށްވެފައި އޮތް ގޮތުގެ ސަބަބުން ކަމަށެވެ. ޝިފާޒް ވިދާޅުވީ މި ސަރުކާރު ހިނގަމުން ދަނީ ރަނގަޅަކަށް ނޫންކަމަށާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އިންތިހާއަށް ގިނަކަމަށެވެ.

އެއީ ގައުމަށްވެފައި އޮތް ގޮތުގެ ސަބަބުން.. ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މި ދައުލަތަށް ހަދަމުންދާ ގޮތް ރައްޔިތުން ގަބޫލު ކުރާކަމަކަށް ނުވާތީވެ.. އަޅގަނޑު ޕާސަނަލީ ގަބޫލު ކުރާ ގޮތް މީ އެބޭފުޅުން ސިޔާސީ ވެރިން.. އެބޭފުޅުންނާއި އަޅުގަނޑާއި އެހެން މީހަކަށްވުރެ ގައުމުގެ މަސްލަހަތު މާ ބޮޑުވާނެ. ސިޔާސީ ވެރިންނޭ މި ދަންނަވަނީ މި ރާއްޖޭގައި ވެރިކަން ކުރައްވާފައި ރައްޔިތުންނަށް ހިދުމަތް ކުރައްވާފައި އެބޭފުޅުންގެ ފޮލޯވާސް ގިނަ… އެބޭފުޅުންގެ ބަސްވިކޭ.. އެހެންވީމަ އެބޭފުޅުންގެ ޒިންމާ ވަރަށް ބޮޑޭ..

ރާއްޖޭގެ ސިޔާސީ މަސްރަހު ހަމައަކަށް އަޅުވައި، ގައުމީ މަސްލަހަތަށް ވުރެ ބައެއް ބޭފުޅުން އިސް ކުރަނީ ވެރިކަމަށް އައުމަށްކަމަށް ފާހަގަކުރުމުން ޝިފާޒް ވިދާޅުވީ އެކަށީގެންވާ މަސައްކަތެއް ކުރެވުނުކަމަށް އަމިއްލަ ނަފްސަށް ގަބޫލު ކުރެވި ވެރިކަމުގެ ޝައުގު ގެންގުޅުމުގައި މައްސަލައެއް ނެތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: