ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

18 ރަށެއްގައި 38 މެގަވޮޓް އަވަަރ ގެ އެނާޖީ މެނޭޖްމަންޓް ސިސްޓަމް ގާއިމުކޮށްފި

18 ރަށެއްގައި 38 މެގަވޮޓް އަވަަރ ގެ އެނާޖީ މެނޭޖްމަންޓް ސިސްޓަމް ގާއިމުކުރުމް/ ފޮޓޯ: މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޓޫރިޒަމް އެންޑް އެންވައިރޮމެންޓުން ކުރިޔަށް ގެންދާ އެކްސަލަރޭޓިންގ ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕަމްންޓް ޔޫސިން ރިނިއުބަލް އެނަރޖީ ޕްރޮޖެކްޓް ގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ 18 ރަށެއްގައި އެނަރޖީ މެނޭޖްމަންޓް ސިސްޓަމްސް (އީއެމްއެސް) ގާއިމުކޮށްފި އެވެ.

މިނިސްޓްރީން ބުނި ގޮތުގާއި މިއާއެކު 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބެސް) ޤާއިމްކުރުން. މިގޮތުން ޤާއިމުކުރާ ސިސްޓަމްތައް ބެހެއްޓުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:

 

ބެސް ކެޕޭސިޓީ ރަށް އަތޮޅު ނަންބަރު
 2000 ކިލޯވޮޓް އަވަރ ހަނިމާދޫ ހދ 1
2500 ކިލޯވޮޓް އަވަރ މިލަންދޫ ށ 2
 1500 ކިލޯވޮޓް އަވަރ ހޮޅުދޫ ނ 3
3000 ކިލޯވޮޓް އަވަރ މަނަދޫ ނ 4
 3000 ކިލޯވޮޓް އަވަރ ވެލިދޫ ނ 5
 2000 ކިލޯވޮޓް އަވަރ އަލިފުށި ރ 6
 1500 ކިލޯވޮޓް އަވަރ ހުޅުދުއްފާރު ރ 7
 2500ކިލޯވޮޓް އަވަރ ދަރަވަންދޫ ބ 8
  3000 ކިލޯވޮޓް އަވަރ ތުޅާދޫ ބ 9
 2000 ކިލޯވޮޓް އަވަރ މުލައް މ 10
 2000 ކިލޯވޮޓް އަވަރ މުލީ މ 11
 500 ކިލޯވޮޓް އަވަރ ވޭވައް މ 12
 500 ކިލޯވޮޓް އަވަރ ރަތްމަންދޫ މ 13
 2500 ކިލޯވޮޓް އަވަރ ގުރައިދޫ ތ 14
 3000 ކިލޯވޮޓް އަވަރ ތިމަރަފުށި ތ 15
1000 ކިލޯވޮޓް އަވަރ މާމެންދޫ ގއ 16
3000 ކިލޯވޮޓް އަވަރ ފަރެސްމާތޮޑާ ގދ 17
 2500 ކިލޯވޮޓް އަވަރ ގައްދޫ ގދ 18

 

މި މަޝްރޫރުގެ މަގްސަދަކީ އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރު ކުރުމާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި 2028 ގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކަރަންޓުގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައިންކަމަށް ހެދުމެވެ.

މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި 38 މެގަވޮޓް އަވަރ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމުން މި ރަށްތަކުގައި އިތުރު ސޯލާ ޕީވީ ސިސްޓަމްތައް ގާއިމުކުރުމުން ގްރިޑް ސްޓެބިލައިޒް ކުރުމަށް މަގުފަހިވެގެން ދާނެ އެވެ. އަދި ސޯލާ ޕީވީ ކެޕޭސިޓީ ވިއުގައަށް ގުޅުމަށް ފުރުސަތު ވެސް ފަހިވެގެންދާނެކަން ފާހަގަކުރި އެވެ.

މީގެއިތުރުން 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 8.4 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވި އަހަރަކު 125 މިލިއަން ރުފިޔާގެ ތެލުގެ ޚަރަދު ސަލާމަތްކުރެވޭނެކަމަށް ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: