ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ފާހަގަކުރެވޭ 83 ގޭންގު ހަރަކާތްތެރިވޭ، ގްރޫޕުތަކުގައި 97 ކުޑަކުދިން!

ކުށުގެ ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްގެން ގެންދަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ހަރަކާތްތެރިވަމުންދާކަމަށް ފާހަގަކުރެވިފައިވާ 83 ގޭންގެއްގައި 97 ކުޑަކުދިން ހަރަކާތްތެރިވާކަމަށް ހޯމް ލޭންޑް މިނިސްޓްރީން ބުނެފި އެވެ.

ސަންގުޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި ގޭންގު ކުށްތައް މަނާކުރާ ގާނޫނާއި ބެހޭ މައުލޫމާތުތައް ދެއްވަމުން ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ޝަހީދު ވިދާޅުވީ ގޭންގަށް ނިސްބަތްވާ ކުށްތަކުގެ ތެރޭގައި މާރީމާރީ ހިންގުމާއި މަސްތުވާތަކެތީގެ މައްސަލަތަކާއި އާއްމު އިޖުތިމާއީ މިންގަނޑާއި ހިލާފު އަދި ރައްޔިތުންނަށް ތަކުލީފް ލިބެމުންދާ ކަންކަން ހިމެނޭކަމަށެވެ. އަދި ކުޑަކުދިން ކުށުގެ ވަށީގައި ބައިވެރިކުރުމާއި އަދި އެކުދިން ރެކްރޫޓު ކުރުމާއި، އެކުދިން މައިންބަފައިންގެ ބެލެނިވެރިކަމުން އެކުދިން ނަގައި ގެންގުޅުން ފަދަ ކަންކަން ހިނގާކަމަށް ޝަހީދު ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުތަކުން މިކަންކަން ހުއްޓުވުމަށް ގާނޫނުތަކެއް ހަދާފައިވާއިރު، އޭގެތެރޭގައި ގޭންގުކުށްތައް ހުއްޓުވުމުގެ ގާނޫނު ހިމެނޭކަން ޝަހީދު ފާހަގަކުރެއްވިއެވެ. އެކަމަކު އެ ގާނޫނުގައި ގޭންގަކީ ކޮބައިކަން ބަޔާންކޮށްފައި ނެތްކަމަށާއި، ގޭންގު ކުށްތަކުގެ ގޮތުގައި ބެލެވި ތުހުމަތު ކުރެވޭ މައްސަލަތަކުގައި ވެސް ފިޔަވަޅު އެޅޭނެ މާ ބޮޑު ބާރެއް ގާނޫނުގެ ތެރެއިން ނެތްކަމަށް ޝަހީދު ވިދާޅުވި އެވެ.

”އޭރުއެކަން ކުރައްވަމުން ގެންދެވީ 17/2010، އެއީ ބިރުދެއްކުމާއި ނުރައްކާތެރިހަތިޔާރާއި ތޫނުއެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން އެބޭފުޅުން ދިޔައީ އެފަދަ އޮގަނައިޒް ކްރައިމްތައްވެސް ހުއްޓުވަމުން. ތަހުގީގުވެސް ކުރައްވަމުން. ދެން މީގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން، އަދި މިނިސްޓަރީން މިކަމުގައި ބެއްލެވީ ކޮބައިތޯ މިހެން ހުރި ކަންކަމަށް ބަލާއިރު ހާއްސަ މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ޙޯދުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ިރުޝާދުގެ ދަށުން އެމަނިކުފާނު ވަނީ ވަރަށް ގިނަ ކަންތައްތަކެއް މިނިސްޓަރާއި ހަވާލުކުރައްވާފައި. އޭގެ ދަށުން ބަނގުރަލާއި މަސްތުވާތަކެތީގެ ކުށްތައް ހުއްޓުވުން. މީން ކޮންމެ ކަމެއް ރިލޭޓެޑް އެބަވޭ އޮގަނައިޒްކޮށް ހިންގާ މިފަދަ ޖަމާއަތްތަކާއި މިފަދަ ގުރޫޕުތަކާއި.“

މިފަދަ މައްސަލަތަކުގެ ތެރެއިން ދައުލަތުގެ އެކި އިދާރާތަކާއި މުވައްސަސާތަކަށް ފޯރުވާ ނުފޫޒު ފާހަގަކުރައްވައި ޝަހީދު ވިދާޅުވީ ތަހުގީގީ އިދާރާތަކާއި، ޕްރޮސިކިއުޝަންއާއި މައްސަލައިގައި ބައްދަލުކޮށްގައިވާނެކަމަށެވެ. އެގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްއާއި ފުލުހުންގެ މުވައްސަސާތަކާއި ބައްދަލުކޮށް މިނިސްޓްރީއަށް ދީފައިވާ މައުލޫމާތުތަކުގެ ތެރޭގައި ރާއްޖޭގައި ޖުމްލަ 83 ގޭންގު ނުވަތަ ގުރޫޕުތައް އުފެދިފައިވާކަމުގެ މައުލޫމާތު ލިބޭކަމަށް ޝަހީދު ވަނީ ވިދާޅުވެފަ އެވެ.

ޝަހީދު ވިދާޅުވި ގޮތުގައި މި ގްރޫޕުކުގެ ތެރޭގައި 97 ކުޑަކުދިން ހިމެނޭއިރު 3600 އަށްވުރެ ގިނަ މީހުން ކުށްތަކުގައި ޝާމިލުވާކަމަށް ވަނީ ދެނެގަނެވިފަ އެވެ. އަދި އޭގެތެރެއިން މާލޭގައި އެކަނި 45 ގުރޫޕު އަދި އެ ގުރޫޕުތަކުގައި ވެސް 85 ކުޑަކުދިންނާއި 2500 އަށްވުރެ ގިނަ މެމްބަރުން ހިމެނޭކަމަށް ވިދާޅުވިއެވެ.

މީގެއިތުރަށް ޝަހީދު ވިދާޅުވީ އަތޮޅު ތެރޭގައިވެސް 31 ގުރޫޕެއް އުޅޭކަމަށާއި އަދި 10 ކުޑަކުދިންނާއިއެކު 1000އަށް ވުރެ ގިނަ މެމްބަރުން އުޅޭ ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ވަރަށް ބޮޑު އާބާދީއެއް ކަމަށާއި އަދި ވަކއަންދާޒާ އަދަދެއް ވިދާޅުވިނަމަވެސް މިއަދަދުވެސް ތިން ގުނަ ހަތަރު ގުނަ ބޮޑުވެދާނެ ކަމަށެވެ. އަދި ރާއްޖެފަދަ ކުޑަ އާބާދީއަކަށް ބަލާނަމަ އެއީ ބޮޑު މައްސަލައެއްކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: