ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަމްހީދު ހުށަހެޅުއްވި ފައިސާ ޗާޕުކުރުމާ ގުޅޭ ގަރާރު ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަރުކަޒީ ބޭންކު އެމްއެމްއޭ ފައިސާ ޗާޕު ކުރަން އުޅޭކަމުގެ އަޑުތައް ފެތުރެމުން ދާތީ އެކަމުގެ މައުލޫމާތުތައް އޮޅުންފިލުވައި، ވެރިކަން ކުރާ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބަލައި ޖަވާބުދާރީ ކުރުވުމުގައި މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް މަޖިލީހުގެ މެމްބަރުންނަށް ފެންނަ ގޮތެއް ހޯދުމަށް ހުށަހެޅި ގަރާރު ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

ގިނަ ކަންބޮޑުވުންތަކާއި އެކު ގާނޫނުގެ މާއްދާތައް ހިމަނުއްވައި މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދެވެ. އެ މައްސަލަ ބަލައިގަތުމަށް ފެނެތޯ ނެގި ވޯޓުގައި ސަރުކާރުގެ މެމްބަރުން ވޯޓު ދިނީ ގަރާރު ބޭރުކޮށްލުމަށެވެ. އެގޮތުން 46 މެމްބަރުން އިދިކޮޅަށް ވޯޓު ދެއްވިއިރު، ގަރާރު ބަލައިގަތުމަށް ފެންނަކަމަށް ވޯޓު ދެއްވީ އެންމެ 10 މެމްބަރުންނެވެ.

ޝަމްހީދުގެ ގަރާރުގައި ފައިސާ ނެގުމުގެ ބޭނުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މިލްކިއްޔާތުގައިވާ ބިމެއް ގަތުމުގެ މުއާމަލާތެއް ހިންގުމަށް ފަހު އެ ފައިސާ އެޗްޑީސީ މެދުވެރިކޮށް ސަރުކާރަށް ދިނުމަށް ހުޅުމާލެއިން ބިން ގަތުމަށް އެމްއެމްއޭގެ ބޯޑުން ނިންމާފައިވާކަމަށެވެ.

ގަރާރުގައި ޝަމްހީދު ވިދާޅުވީ އެމްއެމްއޭގެ އޮފީސް ހިންގުމަށް ކޮންމެހެން ބޭނުންވާ ވަރަށް ވުރެ އިތުރަށް އިމާރާތްތަކާއި ބިންތައް ހޯދަން ޖެހޭ އެއްވެސް މަގުބޫލު ސަބަބެއް ނޯންނާނެކަމަށެވެ. އަދި މި މުއާމަލާތް ހިންގުމަށް ނިންމުމުގައި ފޮރުވިފައިވާ ކަންތައްތަކެއް ހުންނާނެކަމަށް ގަބޫލު ކުރެވޭކަމަށް ގަރާރުގައި ވެއެވެ.

ގަރާރުގައި ވަނީ މިފަދަ މުއާމަލާތެއް ހިންގައިގެން ފައިސާ ނެގުމަކީ ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގައި ބުނާ ހަމަތަކާއި އުސޫލުތައް އެއްފަރާތް ކުރުން ކަމަށެވެ. އަދި އެ ހަމަތަކާއި އުސޫލުތަކާއި ހިލާފަށް އެމްއެމްއޭއިން ސަރުކާރަށް ފައިސާ ނެގުންކަމަށް ވެސް ގަރާރުގައި ވަނީ ބުނެފައެވެ.

މިއީ އެމްއެމްއޭގެ މިނިވަންކަން ގެއްލި ރާއްޖޭގެ މުޅި މާލީ ނިޒާމުގެ އިތުބާރު ގެއްލިގެންދާނެ ސަބަބެއްކަމަށް ވެސް ގަރާރުގައި ވެއެވެ. އަދި ފައިސާ ޗާޕު ކުރުމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ވެއްޓި ބޭރު ފައިސާގެ އަގު އުފުލިގެން ދާނެކަމަށް ވެސް ވަނީ ފާހަގަކޮށްފފަ އެވެ.

އެފަދަ ހާލަތެއްގައި ގައުމުގެ މާލީ ކަންކަން ނުރައްކާތެރި ހާލަތަކަށް ވެއްޓިގެންދާނެކަމަށް ގަރާރުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: