ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަން އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ މަގު އުނިކުރުމަކީ އެންމެ ރަނގަޅުގޮތެއް ނޫން: އަޒާން

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގަން އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ބޭނުންވާ މަގުގެ ސަަރަހައްދު ޕްރޮޖެކްޓުން އުނިކޮށް ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅުގޮތް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން މަރުޒޫގު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ ގަން އެއާޕޯޓު ޕްރޮޖެކްޓާއި ގުޅޭ ގޮތުން އައްޑޫގެ ރައްޔިތުންގެ ފަރާތުން ގިނަ ކަންބޮޑުވުންތަކެއް ލިބިފައިވާ ކަަމަށެވެ. ގަން އެއާޕޯޓަށް ފަސޭހަކަމާއި އެކު ދަތުރުކުރުމަށް ތަރައްޤީކުރެވޭ މުހިއްމު މަގެއްގެ މަސައްކަތް ވަކި ހިސާބަކުން ވަނީ ހުއްޓިފައިކަމަށް އަޒާން ވިދާޅުވިއެވެ. އެއީ އެ ސަރަހައްދުގައި އީކުއޭޓަރ ވިލެޖުގެ އެކޮމޮޑޭޝަން ބްލޮކެއް ހުރުމުގެ ސަބަބުން ކަމަށްވެސް މެމްބަރު ވަނީ ފާހަގަކުރައްވާފައެވެ.

އަޒާން ވިދާޅުވީ މީގެކުރިން ގަން އެއާޕޯޓް ކޮމްޕެނީއިން ވަނީ އެތަނުގެ ބަދަލުގައި އެހެން ސަރަހައްދެއް އީކުއޭޓަރ ވިލެޖަށް ހަމަޖައްސައި ދީފައި ކަމަށެވެ. އެހެން ނަމަވެސް އީކުއޭޓާ ވިލެޖުން އެފަރާތުގެ އެކޮމޮޑޭޝަން ބްލޮކް ނެގުމަށް ދެކޮޅުހަދާފައިވާކަމަށް މެމްބަރު ވިދާޅުވިއެވެ.

އަޒާން ވިދާޅުވީ އެއާޕޯޓު ތަރައްޤީކުރުމުގެ ޕްރޮޖެކްޓަކީ ވަކި މުއްދަތަކަށް ނިންމަންޖެހޭ ޕްރޮޖެކްޓެއް ކަމަށް ވާތީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން މިވަގުތަށް އަންގާފައިވަނީ އެ ސަރަހައްދު ބޭނުންނުކޮށް ގަން އެއާޕޯޓު ތަރައްޤީ ކުރުމުގެ ޕްރޮޖެކްޓް ނިންމަން ކަމަށެވެ. އެހެން ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުދެކޭކަމަށް އަޒާން ވިދާޅުވިއެވެ.

އަޒާން ވިދާޅުވީ މި މައްސަލައާއި ގުޅިގެން މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހިމް އާއި ގުޅުއްވައި ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި މާދަމާ އީކުއޭޓަރ ވިލެޖްގެ ފަރާތްތަކާއި ބައްދަލުކުރައްވާނެ ކަމަށާއި އަދި މި މައްސަލައެއް ހައްލެއް ހޯދައިދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައިވާކަމަށް އަޒާން ފާހަގަކުރެއްވިއެވެ.

މިމައްސަލައިގައި މިނިސްޓަރ އަބްދުﷲ މުއްތަލިބު ވިދާޅުވީ އެމައްސަކަތް ގަމު އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށާއި އެ އިމާރާތް ހުސްވެއްޖެ ނަމަ އެތަނުގެ މަސައްކަތް ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށް ގެންދަވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: