ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ސަރުކާރުން 18 ބިލިއަން ރުފިޔާގެ މަސައްކަތް ހާވާލުކޮށް، އެއްވެސް މަޝްރޫއުއެއް އޮތީ ނުފެށި: ލަތީފް

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ސަރުކާރުގައި 18 ނުވަތަ 15 ބިލިއަން ރުފިޔާގެ މަސައްކަތްތައް އެކި ފަރާތްތަކާއި ހަވާލުކޮށް އެއްވެސް މަޝްރޫއުއެއް ފަށާފައި ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމުގައި ލަތީފް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވީއިރު ރާއްޖެ އޮތީ ވަރަށް ގޯސް ހާލަތެއްގައި ކަމަށެވެ. އަދި ގައުމު ދަރަނިވެރިވެފައި އޮތީ 120 ބިލިއަނުން ކަމަށާއި ދައުލަތުގެ ހުރިހާ ކުންފުނިތަކެއްވެސް އޮތީ ދަރާފައި ކަމަށް މެމްބަރު ވިދާޅުވިއެވެ. ރައްޔިތުންގެ ތެރޭގައި އަމިއްލަ ކުންފުނިތަކުން ސަރުކާރަށް ކޮށްދީފައިވާ ކަންކަމަށްވެސް ފައިސާ ނުދެއްކި ވާކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

ލަތީފް ވިދާޅުވި ގޮތުގައި އެ ހާލަތު އޮތީ ފަސޭހައިން ގައުމު ކޮޅަށް ޖެހުމަށްވުރެ ދަށުގައި އެވެ. އެހެންނަމަވެސް އެ ހުރިހާކަމަކުން ވެސް އަރައިގަނެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބުރަ މަސައްކަތުން ކާމިޔާބީތައް ލިބުނުކަމަށް މެމްބަރު ވިދާޅުވި އެވެ. އެގޮތުން ވެރިަކަމުގެ 1 އަހަރު ދިޔައީ ގައުމުން ބޭރާއި އެތެރޭގެ ދަރަނިތައްވެސް ކޮންޓްރޯލް ކުރެވި މަޑު މަޑުން އިގްތިސޯދު ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރެއްވުމުގައިކަމަށް މެމްބަރު ވިދާޅުވިއެވެ.

”މިހާރު އަޅުގަނޑުމެންގެ ހާލަތު އަންނަނީ ރަނގަޅުވަމުން. އެންމެ ފުރަތަމަ އެމަނިކުފާނު ދިޔައީ ކަންކަން ހަމަޔަކަށް އަޅުވަމުން. ދެވަނަ އަހަރަކަށް އެމަނިކުފާނު ނިކުންނެވީއިރު ވިދާޅުވީ 550އަށްވުރެ ގިނަ މަޝްރޫއުތައް ފަށްޓާނަމޭ. މިހާރު އޭގެ ބައެއް މަޝްރޫއުތައް ފެއްޓުމަށްޓަކައި ސޮއިކުރަމުން ދަނީ. ހަމަ އެއާއިއެކު ނިމިގެންދިޔަ ސަރުކާރުން ގާތްގަނޑަކަށް އެބަހުރި 18 ވަރަކަށް 15 ވަރަކަށް ބިލިއަން ރުފިޔާގެ މަސައްކަތްތައް ހަވާލުކޮށްފަ އެކިފަރާތްތަކާއި. އެއިން މަސައްކަތްތަކެއް ނުވެސް ފަށްޓާ. އެކަމަކު ބައެއް މަސައްކަތް ފެއށްޓުމަށްޓަކައި އެޑުވާންސް ފައިސާވެސް ދީފައި އޮތީ“

މިސަރުކާރުން މަޝްރޫއުތައް ހުއްޓާލާފައިވާކަމަށް ބުނެ އަމާޒު ކުރާ ތުހުމަތުތަކަށް ލަތީފް ވިދާޅުވީ މި ސަރުކާރުން މަޝްރޫއުތައް ނުހުއްޓޭނެ ގޮތެއް ބަލައި ފިޔަވަޅު އަޅާފައިވާނެ ކަމަށެވެ. އަދި މެމްބަރުގެ އަމިއްލަ ދާއިރާގެ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ނިމިދިޔަ ފަސްއަހަރު އޮތީ ހުއްޓިފައި ކަމަށާއި އެހެންނަމަވެސް މިހާރު ނުހުއްޓުި އެމަޝްރޫއު ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީން އަބަދުވެސް ކޮންމެ ކަމަކަށްވެސް އުޒުރެއްގެ ގޮތުގައި ދައްކަނީ ކޮވިޑް ކަމަށާއި، އެހެންނަމަވެސް މެމްބަރު ވިދާޅުވީ 8.8 ބިލިއަން އެމްޑީޕީގެ ވެރިކަމުގައި ޗާޕުވެސް ކުރިކަމަށެވެ. އަދި އޭރުވެސް ބުނަމުން ގެންދިޔަ އެއް ވާހަކައަކީ އެ ސަރުކާރަށް ދުނިޔޭގެ އެކި ގައުމުތަކުން ބޮޑެތި އެހީތައް ލިބެމުންދިޔަ ވާހަކަކަމަށް ލަތީފް ވިދާޅުވިއެވެ.

މީގެއިތުރުން މެމއބަރު ވިދާޅުވީ ރައްޔިތުންނަށް ހިލޭ އޭރުވެސް ކޮށްދެވުނު ކަމެއް ނެތް ކަމަށެވެ. ތަރައްގީއަށްޓަކައިވެސް އެ ސަރުކާރުގައި ކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށާއި، ފެށި ބުރިޖުގެ މަސައްކަތްވެސް ނުނިމޭ ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި އޭރު ލިބުނުހާ ހުރިހާ ފައިސާއެއް ބޭނުންވާ ކުންފުނިތަކަށާއި މީހުންނަށް ބަހާ ހުސްކުރީ ކަމަށް ލަތީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: