ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤައުމިއްޔަތު އިއާދަކުރުމުގެ 83 ބައްދަލުވުން ބާއްވާ، 2000 އަށްވުރެ ގިނަ ފަރާތްތަކަށް މައުލޫމާތު ދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ޤައުމިއްޔަތު އިއާދަ ކުރުމުގެ މަޝްރޫޢުގެ ތަޢާރަފު ބައްދަލުވުން އަލުން ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ ޤައުމީ މަޝްރޫޢުގެ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ ނޭޝަނަލް އައިޑެންޓިޓީގެ ކޮންސެޕްޓްތަކާއި ދިވެހި ވަންތަކަމާ ގުޅޭ ގޮތް ތަޢާރަފުކޮށް އެރުވުމުގެ ބައްދަލުވުންތައް ރަމަޟާން މަހަށް މެދުކަނޑާލުމަށް ފަހު 2025 އޭޕްރީލް  7ވަނަ ދުވަހު އަނެއްކާވެސް މި ވުޒާރާއިން ވަނީ އަލުން ފަށާފައެވެ.

މިއަދަށް 83 ބައްދަލުވުން ކުރިއަށް ގެންގޮސްފައިވާއިރު މި މަޝްރޫޢުގެ ދަށުން 2000 އަށްވުރެ ގިނަ ފަރާތްތަކަށް ވަނީ ޤައުމިއްޔަތާ ގުޅުން ހުރި މަޢުލޫމާތުތައް ފޯރުކޮށްދީފައެވެ.

މިގޮތުން އެކިއެކި ސަރުކާރުގެ އޮފީސްތަކާއި މުއައްސަސާތަކާއި ކައުންސިލް އިދާރާތަކުގެ މުވައްޒަފުންގެ އިތުރުން ސުކޫލުތަކުގެ ދަރިވަރުންނަށާއި އިދާރީ އިސް ބޭފުޅުންނަށްވެސް ވަނީ ޤައުމިއްޔަތުގެ މަޙުފޫމުތައް ތަޢާރަފުކޮށް އެރުވިފައެވެ.

މީގެ އިތުރުން ދިވެހި ޤައުމިއްޔަތު އިއާދަ ކުރުމުގެ މަޝްރޫޢުގެ ތަޢާރަފު ބައްދަލުވުން ފުރަތަމަ ފަހަރަށް އަތޮޅުތަކަށް ފެށުމުގެ ރަސްމީ ޖަލްސާ 2025 ފެބުރުވަރީ 27 ވަނަ ދުވަހު ހއ އުތީމުގައި ވަނީ ބާއްވާފައެވެ.

މި ބައްދަލުވުން މަދުވެގެން ކޮންމެ ހަފުތާއަކުވެސް 3 ދުވަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: