ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްދޫ އަލިފާނުގެ ހާދިސާ: ފިހުނު ފިރިހެން މީހާ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް

މިއަދު ނިޔާވި ބަންގްލަދޭޝްގެ މީހާ އައިޖީއެމްއެޗަށް ގެންދިޔައީ ރޭގެ ވަގުތެއްގައި. ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އއ. ރަސްދޫގައި ފިހުނު ދެ މީހުންގެ ތެރޭގައި ހިމެނޭ ފިރިހެން މީހާ އިތުރު ފަރުވާދިނުމަށް ރާއްޖެއިން ބޭރަށް ގެންގޮސްފިއެވެ.

މިކަން އައިޖީއެމްއެޗްއިން ކަށަވަރުކޮށްދެއެވެ.

މި ހާދިސާގައި ޒަހަމްވީ އުމުރުން 31 އަހަރުގެ އަންހެން މީހާ ވަނީ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް ނިޔާވެފައެވެ.

މިިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި އެ ހާދިސާއާ ގުޅިގެން ފަރުވާއަށް މާލެ ގެނައި އިރު ވެސް އޭނާގެ ހަށިގަނޑު 80-90 ޕަސެންޓް އޮތީ ވަރަށް ބޮޑަށް ފިހިފަ އެވެ. އޭރު ވެސް ޑޮކްޓަރުން ވަނީ އުއްމީދު ކަނޑާލާފައި ކަމަށް އާއިލާ އިން މައުލޫމާތު ދީފައިވެއެވެ.

މި ދެ މީހުންގެ ފަސް އަހަރުގެ ކުއްޖަކު ވެސް ހުރެއެވެ. ފިހުނު ދެ މީހުންގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމުގައި ލަފާ ދޭން މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގެ މުމްބާއީގެ ބަޓިއާ ހޮސްޕިޓަލުގެ ބާންސް އެންޑް ޕްލާސްޓިކް ސާޖަން ޑރ ޝައިލާޝް ވީ ރަނާދު ރާއްޖެ އައިސް ހާލަތު ބައްލަވާފައިވެއެވެ.

އައިޖީއެމްއެޗްއިން ބުނި ގޮތުގައި ފިހުނު ދެ މީހުންނަށް ފަރުވާ ދެމުން އަންނަނީ އެ ޑޮކްޓަރުގެ ލަފާ އާއި މަޝްވަރާއާ އެކުގައިކަމަށެވެ. އެ ދެ މީހުން ފިހުނު ހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެ ހާދިސާއާ ގުޅޭ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: