ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

72 ކިލޯ ޑްރަގް: ދައުވާތައް ސާބިތު ނުވުމުން ދައުލަތުން ހައިކޯޓަށް!

ކްރިމިނަލް ކޯޓު އިމާރާތް
ޝެއާރކޮށްލާ ކަހަލަދޯ؟

72 ކިލޯ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ޓްރެފިކްކުރަން އުޅުނު މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ޙުކުމްކުރުމުން ދައުލަތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމައިފިއެވެ.

އެކަމާ ގުޅޭގޮތުން ”ސަންގު“ އާ ވާހަކަ ދައްކަވަމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ، އެ މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެކަމަށްޓަކައި އިސްތިއުނާފު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ދައުލަތުން 10 މީހެއްގެ މައްޗަށް އުފުލިއެވެ. ނަމަވެސް އޭގެ ތެރެއިން 7 މީހަކަށް ކުރާ ޓްރެފިކިންގ ދައުވާ ފަހުން ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ. އޭރު ދައުވާ ހުށައެޅިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

އެހެންކަމުން މި މައްސަލައިގައި ޝަރީއަތް ކުރިއަށްދިޔައީ ޢިރުފާން ތަގިއްޔުއާއި، މުހައްމަދު އަކްރަމްގެ އިތުރުން، އަހުމަދު ނަސީރުގެ މައްޗަށެވެ. ދައުލަތުން ބުނާ ގޮތުގައި މަސްތުވާތަކެތި އުުފުލާފައިވާ ކާރަކީ އަކްރަމްގެ ހިޔާޒަތުގެ ދަށުގައިވާ ކާރެކެވެ. އަދި މަސްތުވާތަކެތި ގެނައި ލޯންޗަކީ ނަސީރު ދުއްވި ލޯންޗެއްކަމަށް ދައުލަތުން ބުނެއެވެ.

މި މައްސަލައިގައި ދައުލަތުން 65 ޝަފަހީ ހެކިން ހުށައަޅާފައިވެއެވެ. އެހެންނަމަވެސް މި ދައުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

މި މައްސަލައިގައި ދައުލަތުން ބުނެފައިވަނީ ދައުވާލިބޭ ފަރާތްތަކުން 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު ”މަސްޖަރީ 2“ ނަމަކަށްކިޔާ ދޯންޏެއްގައި, 72 ކިލޯ ހުރި މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ޓްރެފިކްކުރަން އުޅުނުކަމަށެވެ.

މި އަޑުއެހުމުގައި ހެކިބަސް ދެއްވި ހެކިވެރިއަކު ވިދާޅުވީ، މަސްޖަރީ-2 ދޯނި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރަށް ދިޔަ ކަމަށާއި، އޭގެ ފަހުން އެ ދޯނި ރާއްޖެއަށް އައިކަމަށް އިންޓެލިޖެންސް މައުލޫމާތު ލިބުމާއި ގުޅިގެން އަނެއްކާވެސް ޙަރަކާތްތެރިވެފައިވާކަމަށެވެ. އޭރު އިންޓެލިޖެންސް މައުލޫމާތު ލިބިފައިވަނީ ހުޅުމާލެއާ ދިމާލަށް އެ ދޯނި ދުއްވަމުންދާ ކަމަށެވެ.

ހެކިވެރިންނަށް ވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު ހުޅުމާލޭ ފަޅު ތެރެއިން ދޯނި ފެނިފައެވެ. އޭރު އަބްދުﷲ ވިސާމް ދޯނީގައި ހުއްޓެވެ. އެއީ މި މައްސަލައިގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުގައި ދައުވާކޮށް، ފަހުން ދައުވާ އަނބުރާ ގެންގޮސްފައިވާ މީހެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: