ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާގެ ދެ ޓަވަރުގެ އައު ލިފްޓު އަންނަ މަހު ހުޅުވާލާނެ؛ ހުރިހާ ޓަވަރެއްގެ މަސައްކަތް ނޮވެމްބަރަށް ނިމޭނެ!

ހިޔާ ފްލެޓުތަކުގެ އިތުރު ލިފްޓު ހަރު ކުރުމުގެ މަސައްކަތް/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދާއި އެއްގޮތަށް މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ހުޅުމާލެ، ހިޔާ ފްލެޓުތަކުގެ އިތުރު ލިފްޓު ހަރު ކުރުމުގެ މަސައްކަތް ނިންމާލެވޭނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ހިޔާ ފްލެޓުތަކުގައި ދިރިއުޅެމުންދާ އަދަދަށް ކޭޓަރ ކުރެވޭ ވަރަށް ލިފްޓު ނެތުމުގެ ސަބަބުން ބާރު ބޮޑުވާ ގަޑިތަކުގައި ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހެ އެވެ. ހާއްސަކޮށް ސްކޫލާއި އޮފީސް ވަގުތުތަކުގައި ލިފްޓު ކައިރީ ބޮޑު ކިއުއެއް އޮވެ އެވެ.

މި މައްސަލަ ހިމެނޭ ގޮތަށް ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ އާއިލާތަކުގެ ކަންބޮޑުވުންތައް ހައްލު ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން އެމަނިކުފާނު ވަނީ ކެމްޕެއިނުގެ ތެރޭގައި އެކި ފަހަރު މަތީން ހިޔާ ސަރަހައްދަށް ވަޑައިގެންފަ އެވެ. އަދި ލިފްޓު ހަރު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސް، ނިންމާލެވޭނެކަމަށް ވިދާޅުވެފައި ވެއެވެ.

އެޗްޑީސީން މިއަދު ވަނީ ހިޔާގެ ޓަވަރު 1 އާއި ޓަވަރު 2 ގައި ހަރު ކުރި ލިފްޓުތައް ނޫސްވެރިންނަށް ދައްކާލާފަ އެވެ. އެގޮތުން ޓަވަރު 2 ލިފްޓުގެ މައުލޫމާތުތައް ހިއްސާކޮށް ބުނީ މިހާރު ޓެސްޓް ރައުންޑުތައް ފަށާފައިވާކަމަށެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން  މާކެޓިން އެންޑް ޕީއާރު ޑިޕާޓްމަންޓްގެ ހެޑް ހަސަން ޝަހީދު ވިދާޅުވީ މި ދެ ލިފްޓު ވެސް އަންނަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ބޭނުން ކުރަން ދޫކޮށްލާނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ހިޔާގެ 16 ޓަވަރުގައި ޖުމްލަ 32 ލިފްޓު ހަރު ކުރާނެ އެވެ. އެއީ ކޮންމެ ޓަވަރަކަށް 16 މީހުންގެ ޖާގައިގެ 2 ލިފްޓެވެ.

މި ލިފްޓުތައް ހަރުކުރާނީ ޝަހީދު ވިދާޅުވި ގޮތުގައި ސްޓްރެޗަރ ވެސް ބޭނުން ކުރެވޭ ގޮތަށެވެ.

މި ލިފްޓުތައް ހަރުކޮށްފައި ވަނީ ލޮބީ އޭރިއާގައި، ދަނގަނޑު ސްޓްރަކްޗާރ އެއް ބޭނުންކޮށްގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: