ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖެނެރޭޝަނަލް ބޭން އާއި ގުޅިގެން ޖަމިއްޔާތަކާއިއެކު މަޝްވަރާކޮށްފި

ޖެނެރޭޝަނަލް ބޭން އާއި ގުޅިގެން ޖަމިއްޔާތަކާއިއެކު މަޝްވަރާކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް ބޭން ތަޢާރަފު ކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން މިއަދު ހެލްތު މިނިސްޓްރީން ޖަމިއްޔާތަކާއިއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ޖެނެރޭޝަނަލް ބޭން ކާމިޔާބު ކަމާއެކު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.

ހެލްތް މިނިސްޓަރ އަހުމަދު ނާޒިމް އިއްޔެ ވަނީ، ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް ބޭން ތަޢާރަފު ކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އާއި ޔުނިސެފްގެ އޮފިޝަލުންނާއި މިނިސްޓަރ އޮފް ހެލްތުން ބައްދަލު ކުރައްވާފައެވެ.

ޖެނެރޭޝަނަލް ބޭން ކާމިޔާބު ކަމާއެކު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން އެ އިދާރާތަކުން މި ބައްދަލުވުމުގައި ވަނީ ލަފާ ވެސް ދެއްވާފައެވެ.

ރައްޔިތުންނާއެކު ކުރިއަށްގެންދާ ޕޮޑްކާސްޓް ސިލްސިލާގައި ރައީސް މުޢިއްޒު ވަނީ، ދިވެހި ޒުވާނުން ދުންފަތުގެ ވަބާއިން ދުރުހެލިކުރުމަށް ސަރުކާރުން ބޮޑެތި ފިޔަވަޅުތަކެއް އަޅުއްވާނެކަން ޔަގީންކޮށްދެއްވާފައެވެ. މި ގޮތުން އެޅުމަށް ރޭވިފައިވާ އެންމެ މުހިންމު އެއް ފިޔަވަޅަކީ ވަކި ތާރީޚަކަށްފަހު އުފަންވާ ފަރާތްތަކަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރާ ޖެނެރޭޝަނަލް ބޭންއެކެވެ.

އެކްސް ޕްލެޓްފޯމްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ މި ބޭން ތަންފީޒުކުރުމަށް އެންމެ އެކަށީގެންވާ އުމުރުފުރާއަކާމެދު ތިން އޮޕްޝަނެއް ހުށަހަޅުއްވާފައެވެ. އެއީ 2007 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހަށްފަހު އުފަންވެފައިވާ ޖީލުތަކަށް ބޭންކުރުން، 2004 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހަށްފަހު އުފަންވެފައިވާ ޖީލުތަކަށް ބޭންކުރުން، އަދި 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ޖީލުތަކަށް ބޭންކުރުމެވެ. 5،000 އަށްވުރެ ގިނަ މީހުން މި ޕޯލްގައި ވޯޓުލާފައިވާއިރު، ގިނަ ބަޔަކު ތާއީދުކޮށްފައިވަނީ 2000 އަށްފަހު އުފަންވީ ކުދިންނަށް ބޭންކުރުމަށެވެ.

”18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުން ދުންފަތުގެ އިސްތިޢުމާލުކުރާތާ ގިނަ ދުވަސްތަކެއް ނުވަނީސް، އެ ނުރައްކާތެރި ވަބާއިން ސަލާމަތްކުރުމަށް މަގުފަހިވެގެންދާނެ“ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.

މި މުހިންމު ނިންމުމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރައީސް ވަނީ އެކްސް ޕްލެޓްފޯމް މެދުވެރިކޮށް ޕޯލްއެއް ހުޅުވާލައްވާފައެވެ. މި ފިޔަވަޅަކީ ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ސަބަބުން ކުރިމަތިވާ ސިއްޙީ އަދި އިޖްތިމާޢީ ގެއްލުންތަކުން އަންނަން އޮތް ޖީލުތައް ސަލާމަތްކުރުމަށް އެޅޭ އެންމެ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅު ކަމުގައި ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: