ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުން ގޯސްވެ ހއ. އިން މ. އަތޮޅަށް ހުދު ސަމާލު ނެރެފި

މާލެއަށް ކުރި ވިއްސާރަ--- ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ކުރަމުންދާ ވިއްސާރައިގެ ސަބަބުން ހއ. އަތޮޅުން ފެށިގެން މ އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މި ސަމާލު ނެރެފައި ވަނީ މިއަދުގެ ހަވީރު 16:00 އިން މިރޭގެ 23:00 ގެ ނިޔަލަށެވެ.

މެޓް އޮފީހުން ބުނި ގޮތުގައި ހުދު ސަމާލު ނެރެފައިވާ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރުން އެކަށީގެންވެއެވެ. އަދި 40 މޭލަށް ވައި ގަދަވާނެކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

މީގެއިތުރުން މެޓް އޮފީހުން ވަނީ ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކަށް ވެސް މޫސުމާއި ބެހޭ ސަމާލު ނެރެފަ އެވެ.

މިފަހުން ކުރި ވިއްސާރައިގައި، އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ލ. އަތޮޅުގެ ރަށްތަކަށެވެ.

މެޓް އޮފީހުން ވަނީ ވިއްސާރައިގައި ކަޑުތައް ގަދަވާނެކަމަށް ލަފާކޮށް ކަނޑުދަތުރުތައް ކުރުމުގައި ސަމާލުވުމަށް އެދިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: