ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”މޯލްޑިވްސް، މައި އައިލެންޑްސް“ ވެބްސައިޓް ތަޢާރަފްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އީކޯސިސްޓަމްއާއި މަސްވެރިކަމާއި އަދި ބަޔޯޑައިވަރސިޓީއާ ގުޅޭ މަޢުލޫމާތު ހިމެނޭ ”މޯލްޑިވްސް، މައި އައިލެންޑްސް“ ގެ ނަމުގައި ވެބްސައިޓެއް މިއަދު ތަޢާރަފްކޮށްފިއެވެ. މި ވެބްސައިޓް ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތު ބާއްވާފައިވަނީ ޏ. އަތޮޅު ސްކޫލުގައި ކަމަށްވާއިރު، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާޢީލް ރަފީޢުއެވެ.

ލިޔުންތެރިއެއް އަދި ބަހުގެ ތަރުޖަމާނެއް ކަމަށްވާ ޔާސިރު ސާލިހު ތައްޔާރުކޮށްފައިވާ މި ވެބްސައިޓުގައި، ދިވެހިރާއްޖޭގެ ކަނޑުފަޅުތަކުގައި ހިމެނޭ ތަފާތު އެކި ދިރުންތަކާއި ދިވެހީންގެ ފޯރިގަދަ ސަގާފަތާއި، ދިވެހީންގެ ލޭނާރު ކަމަށްވާ މަސްވެރިކަމާ ގުޅޭ މަޢުލޫމާތު ހިމަނާފައިވެއެވެ. އަދި މީގެ އިތުރުން، ދިވެހިރާއްޖޭގެ ސަގާފަތާއި އާދަކާދައާ ގުޅޭ ތަފާތު މަޢުލޫމާތުވެސް މި ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ވެބްސައިޓް ތަޢާރަފްކުރުމުގެ ރަސްމިއްޔާތުގައި، ޔާސިރު ސާލިހު ވަނީ އިނގިރޭސި ބަހުން ލިޔެފައިވާ 10 ދިވެހި ފޯކްލޯ ވާހަކަ ހިމެނޭ ފޮތެއްވެސް ނެރެފައެވެ. މިއީ ދިވެހިރާއްޖޭގައި އަމިއްލަ ފަރާތަކުން ދިވެހިރާއްޖޭގެ ބަޔޯޑައިވަރސިޓީއާ ގުޅޭ މަޢުލޫމާތު އެއްކޮށް އާންމުކުރި ފުރަތަމަ ފަހަރެވެ.

މި ވެބްސައިޓުގައި ކަނޑުފަޅުތަކުގައި ދިރިއުޅެމުންދާ ތަފާތު އެކި ދިރުންތަކާއި އެކި ވައްތަރުގެ ދިރުންތަކާ ބެހޭ މަޢުލޫމާތު ރައްކާކުރެވިފައިވާއިރު، ދިވެހިރާއްޖޭގެ ތާރީޚާއި މި ޒަމާނުގައި ދިވެހި މަސްވެރިން ކުރަމުން އަންނަ މަސައްކަތާ ގުޅޭ މަޢުލޫމާތުވެސް ކިޔުންތެރިންނަށް ޝައުޤުވެރިވާނެ ގޮތަށް ގެނެސްދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: