ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ މޫސުމީ ޖޮންޖެހުންތަކުން އަރައިގަތުމަށް ޑީއެސްއެސް ފަދަ ފެސިލިޓީތަކުން ކުރިމަގު ފެންނާނެ: ރައީސް

ރައީސް ޑރ މުހައްމަދު މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކުގެ ގޮންޖެހުންތަކުން އަރައިގަތުމަށް، ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް (ޑީއެސްއެސްއެސް) ފަދަ ފެސިލިޓީތަކުގެ ސަބަބުން ކުރިމަގު ފެންނާނެކަން ޔަގީންވެވަޑައިގަންނަވާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސިޑްސްގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ގްރޫޕްގެ ބައްދަލުވުމުގެ ކޯ ޗެއާގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް (ޑީއެސްއެސްއެސް) ފަދަ ފެސިލިޓީއެއްގެ، ޢަމަލީ މަސައްކަތް ފަށައިގަތުމުން ތަރައްގީވަމުން އަންނަ ކުދި ގައުމުތަކަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލުތައް ހޯދި ދެމެހެއްޓިނިވި ތަރައްގީގެ އައު ސަފްހާއެއް ހުޅިވިގެންދާނެކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ސިޑްސްގައި ހިމެނޭ ގިނަ ގައުމުތަކަކަކީ މާލީ ގޮތުން ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވާ ނުވަތަ ކުރިމަތިވުމުގެ ބިރު އޮތް ގައުމެއްކަމަށެވެ. އަދި މޫސުމީ ބަދަލުތަކުގެ ނުރައްކާ ކުރިމަތިވެފައިވާކަމަށްވެސް އަލިއެޅުއްވިއެވެ. އެހެންކަމުން ދެމެހެއްޓިނިވި ގޮތެއްގައި ދަރަނި ބެލެހެއްޓޭނެކަން ކަށަވަރުކުރުމާއި ވިލުންތެރި ތަރައްގީ ކަށަވަރުކުރުމަކީ އެކފަދަ ގައުމުތަކަށް ހައްސާސް މައްސަލައެއްކަމަށެވެ.

އެހެންކަމުން ލަސްނުކޮށް ޑީއެސްއެސްގެ މަސައްކަތްތައް ފަށައިގަތުން މުހިންމުކަމަށް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، ދަރަނީގެ މައްސަލަތައް ހައްލުކުރުމަކީ ސިޑްސްގެ ގޮތުގައި ކަނޑައެޅިފައިވާ ގައުމުތަކަށް ދެމެހެއްޓިނިވި ގޮތުގައި ތަރައްގީ ހޯދުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ވެށި ތަގައްޔަރުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މުހިންމު ކަމެއް ކަމަށެވެ.

އެމަނިކުފާނުވަނީ ދުނިޔެއަށް އަނަމުންދާ ސިޔާސީ ބަދަލުތަކާއިއެކު ގިނަ ފަރާތްތަކާއި ގުޅިގެން ދެމެހެއްޓިނި ހައްލުތަކެއް ހޯދުން މުހިންމުކަންވެސް ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއިން ”ޑެޓްރިލީފް-ފޯ-ރެޒިލިއަންސް-ބިލްޑިން މެކޭނިޒަމް“ ހުށައަޅާފައިވަނީ ދަރަނި ލުއި ކޮށްދީގެން ވިލުންތެރިކަމަށް އިންވެސްޓުކުރާ ގައުމުތަކަށް އިސްކަން ދިނުމުގެ ގޮތުންކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: