ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫގެ 20 ވަނަ އަހަރީ ދުވަހުގެ ކެމްޕެއިން ”ލިވް އަންލިމިޓަޑް“ ލޯންޗުކޮށްފި

އުރީދޫގެ 20 ވަނަ އަހަރީ ދުވަހާއި ގުޅުވައި ބޭއްވި ޏޫސްވެރިންގެ ބައްދަލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫގެ 20 ވަނަ އަހަރީ ދުވަހުގެ ކެމްޕެއިން ”ލިވް އަންލިމިޓަޑް“ ލޯންޗުކޮށްފިއެވެ.

މި ކެމްޕެއިން ލޯންޗްކުރީ އުރީދޫގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި މި އަހަރުގެ އޮގަސްޓު މަހު އުރީދޫއިން ފާހަގަކުރާ 20 ވަނަ އަހަރީ ދުވަހާއި ގުޅިގެން ބާއްވާ ބައެއް ހަރަކާތްތަކާއި އޮފަރތައް ވަނީ އިއުލާނުކޮށްފައެވެ. އޭގެ ތެރޭގައި އެޕަސް ސްމާޓް ވޮޗަށް އީސިމްގެ ހިދުމަތް ތައާރަފް ކުުރުމާއި ސުޕަރނެޓާއިއެކު ސްމާޓް ހޯމް ސެކިއުރިޓީ ބަންޑަލްއެއް ވަނީ ތައާރަފްކޮށްފައެވެ.

އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ އަކީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ހިދުމަތް ފޯރުކޮށްދިނުމުގައި އިންގިލާބީ ބަދަލުތަކެއް ގެންނަމުންދާ އެ ދާއިރާއިން އާ މަގުތައް ތަނަވަސް ކޮށްދެމުންދާ ”ޕޭސް މޭކާ“ ކަމަށެވެ. އަދި ރާއްޖޭގައި އަލަށް އެޕަލް ސްމާޓް ވޮޗްއަށް އީސިމްގެ ހިދުމަތް ތައާރަފްކުރުމަކީ އަނެއްކާވެސް ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާތައް އިތުރަށް ފުރިހަމަވާނެ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

އެޕަލް ސްމާޓް ވޮޗަށް އީސިމްގެ ހިދުމަތް ފުރަތަމަ 6 މަހު ހިލޭ ލިބޭނެއެވެ. އެއަށް ފަހު ކޮންމެ މަަހަކު އެ ހިދުމަތަށް ދައްކަން ޖެހޭނީ 199ރ. އެވެ. އުރީދޫއިން ތައާރަފް ކުރި ސްމާޓް ހޯމް ސެކިއުރިޓީ ސިސްޓަމަކީ ގޭގައި އިންސްޓޯލުކުރެވޭ ވީޑިއޯ މޮނިޓަރިން ސިސްޓަމްތަކެއް ހިމެނޭ ބަންޑަލްއެކެވެ. އެ ސިސްޓަމް މެދުވެރިކޮށް ކޮންމެ ތާކު ހުރެގެން ވެސް ގޭގެ ލައިވް ފުޓެޖް ބަލާލެވޭނެ އެވެ. މި ސިސްޓަމް އިންސްޓޯލްކުރުމުގެ ހިދުމަތް ވެސް އުރީދޫން ދޭނެއެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ މި އަހަރުގެ ވެސް އެންމެ ބޮޑު ހަރަކާތެއްގެ ގޮތުގައި މަސް ރޭސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި އަހަރު މަސް ރޭސް ބާއްވާނީ ކައުންސިލްތަކާއި ގުޅިގެން ބޮޑު އީދެއްގެ ގޮތުގައި ކަމަށާއި މި ފަހަރު މަސް ރޭހުގައި ބައިވެރިވާން ބޭނުންވާ ރަށްތަކުގެ ކައުންސިލްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ މަސް ރޭހުގެ އިތުރުން މި އަހަރުގެ ފަން ރަން އައްޑޫގައި ބާއްވާނެ ކަމަށެވެ. އަދި ކަނޑުއަޑީގެ ހާއްސަ ހަރަކާތަކާއި ކަސްޓަމަރުންނަށް ކަމުދާނެ ގިނަ ހަރަކާތްތަކެއް ބާއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އުރީދޫގެ އެމްބެސަޑަރުގެ ގޮތުގައި ”ލައިފް އޮފް އަ ފިޝަމަން“ގެ ގޮތުގައި ސޯޝަލް މީޑިއާގައި މަޝްހޫރު ރާޝިދު އާދަމް ހަމަޖައްސާފައިވާ ކަމަށާއި އޭނާ އާ އެކު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މި އަހަރުގެ އަހަރީ ދުވަހާ ގުޅުވާ ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ދޭ ޕްރޮމޯޝަނެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. ބޮޑު އިނާމަކަށް ހައްޖު ދަތުރެއް ހުށަހަޅާފައިވާ އެ ޕްރޮމޯޝަން ފަށާ ތާރީހު ފަހުން އިއުލާނު ކުރާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: