ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރ ޙައިދަރު ގްލޯބަލް ލޭބަރ މާކެޓް ކޮންފެރެންސްގައި ބައިވެރިވެވަޑައިގަންނަވައިފި

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި، ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު، ސަޢުދީ އަރަބިޔާގެ ރިޔާދުގައި ކުރިއަށްދާ “ ގްލޯބަލް ލޭބަރ މާކެޓް ކޮންފެރެންސް (ޖީއެލްއެމްސީ)“ ގައި ބައިވެރިވެވަޑައިގަންނަވައިފައެވެ.

މި ކޮންފެރެންސްގެ މައިގަނޑު މަޤްސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތަށް ދެނެގަތުމުގެ އިތުރުން ވާޒިފާގެ ބާޒާރުގައި ދިމާވާ ބޮޑެތި ގޮންޖެހުންތައް ޙައްލުކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމެވެ.

”ގްލޯބަލް ލޭބަރ މާކެޓް ކޮންފެރެންސް (ޖީއެލްއެމްސީ)“ ގައި ބައިވެރިވުމަށް މިނިސްޓަރ ޑރ. ހައިދަރު ކުރެއްވި މި ދަތުރުފުޅުގައި، އެމަނިކުފާނު ވަނީ ސަޢުދީ އަރަބިޔާގެ ހިއުމަން ރިސޯސެސް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓަރ، ހިޒް އެކްސެލެންސީ، އަޙްމަދު ބިން ސުލައިމާން ބިން އަލް-ރަޖްހީ، އެޑިޔުކޭޝަން މިނިސްޓަރ، ހިޒް އެކްސެލެންސީ، ޔޫސުފް ބިން އަބްދުﷲ އަލް-ބެންޔާންގެ އިތުރުން ސަޢުދީ ދަޢުލަތުގެ އެކި އިސްބޭފުޅުންނާއި ބައްދަލުކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: