ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޚާރިޖީ ވަޒީރު ތުރުކިޔޭ އަށް ވަޑައިގެންފި

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޚާރިޖީ ވަޒީރު ޑރ. ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ތުރުކިޔޭ އަށް ވަޑައިގެންފިޢެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގެ ހަތަރުވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަތުމަށް ތުރުކިޔޭގެ ޚާރިޖީ ވަޒީރު، ހަކާން ފިދާންގެ ދަޢުވަތަކަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑރ. ޢަބްދުالله ޚަލީލް ތުރުކިޔޭގެ އަންތާލިއާއަށް ވަޑައިގެންފައިވަނީ ބުރާސްފަތި ދުވަހުއެވެ.

”ރީކްލެއިމިންގ ޑިޕްލޮމަސީ އިން އަ ފްރެގްމެންޓެޑް ވޯލްޑް“ ގެ ޝިއާރުގެ ދަށުން މި މަހުގެ 11 އިން 13ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ފޯރަމް އޮންނާނީ އަންތާލިއާގެ ނެސްޓް ކޮންވެންޝަން ސެންޓަރުގައެވެ.

މި ފޯރަމްގައި ”ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ ޕެސިފިކް“ ގެ ނަމުގައި ބާއްވާ ޕެނަލް ޑިސްކަޝަންގައި ޚާރިޖީ ވަޒީރު ޑރ ޚަލީލް ބައިވެރިވެވަޑައިގަތުމަށް ވަނީހަމަޖެހިފައެވެ. އަދި ޚާރިޖީ ވަޒީރު،
މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ރަޙްމަތްތެރި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ މި ފޯރަމްގެ ހަވާސާގައި ބައްދަލުކުރެއްވުމަށްވެސްވަނީ ހަމަޖެހިފައެވެ.

ޚާރިޖީ ވަޒީރު ޑރ. ޚަލީލް، އަންތާލިއާ ޑިޕްލޮމަސީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަކީ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ގޮންޖެހުންތައް ޙައްލުކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކޮށް މަޝްވަރާއާއި އެއްބާރުލުންދޭކަން ހާމަވެގެންދާކަމެއްކަމަށް ފޮރިން މިނިސްޓްރީން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: