ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ރަށްތަކަށް ކުރައްވާ ދަތުރުތައް މޭއި މަހުގައި ފައްޓަވާނެ!

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޭ މަހުގެ ތެރޭގައި ރާއްޖޭގެ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުތައް ފައްޓަވާނެކަމަށާއި އޮގަސްޓް މަހުގެ ތެރޭގައި ހުރިހާ ރައްޔިތުންގެ ގާތަށް ޒިޔާރަތްކުރެއްވުމުގެ ފުރަތަމަ ބުރު ނިންމަވާލެއްވޭނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންނާ އެކު ޕޮޑްކާސްޓްގައި އެމަނިކުފާނު ވިދާޅުވީ، މީގެ ކުރިން މާލެ ސިޓީގެ މޭޔަރުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވުމަށް ފަހު ވެސް ރައްޔިތުންނަށް ނުގެއްލޭނެކަމުގެ ޔަގީންކަން ދެއްވިކަމަށެވެ. އަދި ގޭގެއަށް ވަޑައިގެން ހާލަތު ގާތުން ބެއްލެވުމުގައި މަސައްކަތް ކުރައްވާނެކަމަށް ވީ ވައުދާއި އެއްގޮތަށް މަސައްކަތް ކުރައްވާފައިވާނެކަން ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ތެރޭގައި ވެސް އެގޮތުގެ މަތިން އިންތިހާބުވެވަޑައިގަތުމުން ރައްޔިތުންނާއި ބައްދަލުކުރެއްވުން ހުއްޓާނުލައްވާނެކަމުގެ ޔަގީންކަން ދެއްވާފައިވާނެކަމަށާއި ދައުރުގެ ތެރޭގައި ކޮންމެ ރަށަކަށްވެސް ދެ ފަހަރުގެ މަތިން ވަޑައިގަންނަވާނެކަމަށް ވިދާޅުވެފައިވާނެކަމަށެވެ. ރައީސް ވިދާޅުވީ، މިވަގުތު ކުރައްވަމުންދަނީ ފުރަތަމަ ބުރުގެ ދަތުރުފުޅުތައްކަމަށާއި ރަމަޟާން މަހާއި ދިމާވުމުން އެކަން މެދުކަނޑުއްވާލެއްވިކަމަށާއި މިހާރުވެސް ވަރަށް ގިނަ ރަށްތަކަށް ދެވިފައިވާއިރު މި މަހުގެ ތެރޭގައި އަލުން ދަތުރުތައް ފެއްޓެވުމަށް ނިންމަވާފައިވާނަމަވެސް އެކި ސަބަބުތަކާއި ގުޅިގެން ކުރިއަށް ގެންދެވިފައިނުވާކަމަށް މައުލޫމާތު ދެއްވިއެވެ.

ނަމަވެސް މި އަހަރުގެ މޭ މަސް ފެށޭ ހިސާބުން އަލުން ދަތުރުފުޅުތައް ފައްޓަވާނެކަމަށާއި ބޭރު ގައުމުތަކަށް ކުރައްވަންޖެހޭ ދަތުރުތައްވެސް ހުންނާނެކަމަށްވުމުން އޮގަސްޓު މަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ފުރަތަމަ ބުރު ނިންމަވާލެއްވުމަށް ގަސްތުކުރައްވާކަމަށް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އެންމެ ފުރަތަމަ ދަތުރުކުރައްވާނީ މ އަތޮޅު މުލިއަށްކަމަށާއި އެއީ އޭޕްރިލް މަހުގެ 30 ވަނަ ދުވަސް ނުވަތަ މޭ މަހުގެ 1 ވަނަ ދުވަހުގައިކަމަށާއި އެރަށަށް ވަޑައިގެން އެއަރޕޯޓު ހުޅުވުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށެވެ. ނަމަވެސް ހަގީގަތުގައި މި މަސް ނިމިގެންދިއުމުގެ ކުރިން އެތަން ހުޅުއްވުމަށް އެދިވަޑައިގަންނަވާކަމަށާއި ނުހުޅުވިއްޖެ ނަމަ ޖެހިގެން އަންނަ ދުވަހުގައިވެސް އެކަން ކުރައްވަން އެދިވަޑައިގަންނަވާކަމަށެވެ.

އެހެންކަމުން އެ ހުރިހާ މަސައްކަތްތަކެއް ކުރިއަށް ދާކަމަށާއި މުލީގެ އެއަރޕޯޓު ހުޅުވުމުން ފެށިގެން ބަހާލެވިގެން އޮގަސްޓު މަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވޭނެކަމަށެވެ. އަދި އެ މަސަައްކަތްތައް ކުރިއަށް ގެންދިޔަ ނަމަވެސް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ ޕޮޑްކާސްޓު މަސައްކަތްތައް ހުއްޓަވާ ނުލައްވާނެކަމަށް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، އަބަދުވެސް ހުންނަވާނީ ރައްޔިތުންނާއިއެކުކަމަށާއި އެގޮތުގެ މަތީގައި ދެމި ހުންނަވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: