ތައިލެންޑްގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން 10 މޭ 2025 އިން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު ތައިލެންޑަށް އެތެރެވުމުގެ ކުރިން ”ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު“ ފުރިހަމަކުރަންޖެހޭ ގޮތަށް ތައިލެންޑް އިމިގްރޭޝަނުން ވަނީ ހަމަޖައްސައިފިއެވެ.
މި އޮންލައިން ފޯމް ފުރުމަށް ހަމަޖެހިފައިވަނީ ލިންކެއް މެދުވެރިކޮށް ދަތުރަށް ފެށުމުގެ ތިން ދުވަހުގެ ތެރޭގައެވެ.
މީގެ ސަބަބުން، ރާއްޖެއާއި ތައިލެންޑްއާ ދެމެދު ހަމަޖެހިފައިވާ ވިސާގެ އެއްވެސް އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް އައިސްފައިނުވެއެވެ.
ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް މިހާރުވެސް 90 ދުވަހުގެ ”އެންޓްރީ ވިސާ“ ގައި ތައިލެންޑަށް ދަތުރު ކުރެވޭނެއެވެ.
އެހެންކަމުން ތައިލެންޑަށް ދަތުރުކުރައްވާ ފަރާތްތަކުން، ދިވެހިރާއްޖެއިން ފުރައިވަޑައިގަތުމުގެ ކުރިން ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު އޮންލައިންކޮށް ފުރުއްވުމަށް އިލްތިމާސް ކުރަމެވެ. އަދި މިފުރުޞަތުގައި ރާއްޖެއިން ބޭރުގައި އުޅުއްވާއިރު އެޤައުމެއްގެ ޤާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށްވެސް ދަންނަވަމެވެ.

