ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއަރ އެމްބިއުލާންސްގެ ހިދުމަތް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަކީ މުހިންމު އަމާޒެއް: މިނިސްޓަރ ނާޒިމް

ހެލްތު މިނިސްޓަރ ނާޒިމް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެއަރ އެމްބިއުލާންސްގެ ހިދުމަތް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށް ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިމް ވިދާޅުވީ، ސިއްހީ ނިޒާމުގެ ތެެރެއިން ބޭސް ފަރުވާ ފޯރުކޮށްދިނުމަށްޓަކައި މި ސަރުކާރުން ކޮށްފައިވާ އެންމެ މުހިންމު އެއް މަސައްކަތަކީ އެއަރ އެމްބިއުލާންސްގެ ހިދުމަތް ތައާރަފްކުރުންކަމަށެވެ. މިނިސްޓަރ ވިދާޅުވީ، 2024 ވަނަ އަހަރުގެ މާޗު މަހުން ފެށިގެން މިހާތަނަށް ބޮޑެތި ކުރިއެރުންތަކެއް ލިބި ގިނަ އަދަދެއްގެ ރައްޔިތުން އެ ހިދުމަތުގެ ބޭނުން ހިފާފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، އެ ހިދުމަތުގެ ސަބަބުން ވަރަށް ގިނަ އާއިލާތަކަށް ލުއި ފަސޭހަތަކާއި ހިތްހަމަޖެހުން ލިބިފައިވާކަމަށެވެ. އަދި އެ ހިދުމަތް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށް ހިއްސާކުރެއްވިއެވެ. ނާޒިމް ވިދާޅުވީ، އެކަމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފަންނުވެރިން ތަމްރީނު ކުރުންކަމަށެވެ. އެހެންކަމުން އެމްއެންޔޫއާއި ގުޅިގެން އެ ދާއިރާއަށް މީހުން ތަމްރީނުކުރުމަށް މަސައްކަތްތައް ކުރަމުންދާކަމަށާއި ކަންކަން ރޭވިފައިވާ ގޮތަށް ކުރިއަށްދާނަމަ މި އަހަރުގެ ފަހުކޮޅު ހުޅުވާލާ ކޯސްތަކުގެ ތެރޭގައި މި ދާއިރާގެ ކޯސްތައް ހިމެނިގެންދާނެކަމަށެވެ.

އެހެންކަމުން ނަތީޖާއެއްގެ ގޮތުން މި ދާއިރާއިން ހިދުމަތްތައް އިތުރަށް ރަނގަޅުވެގެންދާނެކަމަށާއި ސިއްހީ ދާއިރާގެ ވަރަށް ގިނަ މަސައްކަތްތަކަކީ ތަމްރީނުތަކާއި ގުޅިލާމެހިފައިވާ ކަމެއްކަމަށެވެ. އެކަމުގެ ސަބަބުން ދާއިރާއަކަށް ތަމްރީނު ވެފައިވާ މީހުން ހޯދުމަކީ މުހިންމު ކަމެއްގެ ގޮތުގައި ސަރުކާރުން ދެކޭކަމަށެވެ.

މި ބައްދަލުވުމުގައި ހެލްތު މިނިސްޓްރީންވަނީ 2024 ވަނަ އަހަރުގެ މާޗު މަހުން މި އަހަރުގެ އޭޕްރިލް 6 ވަނަ ދުވަހުގެ ނިޔަލަށް އެއަރ އެމްބިއުލާންސްގެ 899 ދަތުރުކޮށްފައިވާކަން ހާމަކޮށްފައެވެ. އަދި 1072 ބަލި މީހުން އުފުލިފައިވާކަމަށް ބުނެފައިވާއިރު އިސްރަށްވެހިންނަށް ހާއްސަކޮށްގެން ހަފްތާއަކު ދެ ދުވަހު އެތެރެހަށީގެ އޯޕީޑީ ހިދުމަތް ގާއިމުކުރުމުގެ ލަނޑުދަނޑި ހާސިލުކުރެވިފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ. މިނިސްޓަރ މައުލޫމާތު ދީފައިވާގޮތުން މި ސަރުކާރުންވަނީ 76 ރަށެއްގައި ޕޮއިންޓް އޮފް ކެއަރ ޓެސްޓިންގް އުސޫލުން ލެބޯޓްރީގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތްތައްވެސް ފުރިހަމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: