ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރޯޑްކޮމްގެ ނައިބު ރައީސަކަށް ޝިފްލާ!

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައިސްގެ މަގާމަށް ޝިފްލާ އިބްރާހިމް މިއަދު އިންތިހާބުކޮށްފި އެވެ.

ބްރޯޑްކޮމްގެ ރައީސް ސޮފާ ޝަފީގު މިއަދު ވިދާޅުވީ ތައުލީމާއި ތަޖުރިބާގެ ގޮތުން މިވަގުތު ރާއްޖޭގައި ހުރި އެންމެ ގާބިލު އެކަކަކީ ޝިފްލާކަމަށެވެ. އަދި ޝިފްލާ ބްރޯޑްކޮމްގެ ނައިބަކަށް ހޮވުމަކީ ލިބޭ ވަރަށް ބޮޑު އުފަލަކާއި ފަހުރެއްކަން ފާހަގަކުރި އެވެ.

2021 ވަނަ އަހަރުން ފެށިގެން ބްރޯޑްކޮމްގެ މެމްބަރުކަން ކުރައްބަމުން ގެންދަވާ ޝިފްލާއަކީ މީޑިއާ ދާއިރާގެ ދުވަސްވީ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ.

ޝިފްލާ ވަނީ ނޫސްވެރިކަމުގެ ދާއިރާއިން ގައުމީ ޔުނިވާސިޓީން ބެޗެލާސް ޑިގްރީ އަދި އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް އާޓްސް އިން ޖާނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަން ހާސިލު ކުރައްވާފަ އެވެ.

ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތް ކުރާތަ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ޝިފްލާ ވަނީ ސަންގުޓީވީގެ ނިއުސް މެއިން އެންކަރ އެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: