ދިވެހިރާއްޖޭގެ ގައުމީ އެއާލައިންސް މޯލްޑިވިއަން އިން މެލޭޝިއާއަށް ޑައިރެކްޓް ފްލައިޓްތަކުގެ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މޯލްޑިވިއަން އިން މެލޭޝިއާއަށް ކުރާ ދަތުރުގެ މަންޒިލަކީ، މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރެވެ. +
މޯލްޑިވިއަން އިން މެލޭޝިއާއަށް ދަތުރުކުރުމަށް ހުޅުވާލާފައިވާ ސީޓުގެ އަދަދުތަކަކީ ވަރަށް ލިމިޓެޑް އަދަދުތަކެކެވެ.
މާލެއިން ކުއާލަލަމްޕޫރަށް ދަތުރު ކުރުމުގެ ފެއާއެއްގެ ގޮތުގައި މޯލްޑިވިއަން އިން ކަނޑައަޅައިފައި ވަނީ 2 ބަޔަކަށެވެ. އެއީ، އިކޮނޮމީއާއި އިކޮނޮމީ ފްލެކްސްއެވެ. އެގޮތުން، އެކޮނޮމީ ސީޓުގައި އެންމެ ބަރުވެގެން ބޯޓަށް އެރުވޭނެ ބަރުދަނަކީ 30 ކިލޯއެވެ. މި ފެއާގައި ޓިކެޓަށް 149 ޑޮލަރު ދައްކަން ޖެހެއެވެ. އަދި އިކޮނޮމީ ފްލެކްސްގެ ދަށުން ޓިކެޓަށް 174 ޑޮލަރު ދައްކަން ޖެހޭއިރު ބޯޓަށް އެރުވޭނެ ބަރުދަނަކީ 40 ކިލޯ އެވެ.
މީގެއިތުރުން ކުއާލަލަމްޕޫރުން، މާލެއަށް ދަތުރު ކުރުމަށް ކަނޑައަޅާފައިވާ ފެއާގެ އަގަކީ 99 ޑޮލަރެވެ. އިިކޮނޮމީ ފްލެކްސްގެ ދަށުން ދަތުރު ކުރާ ފަރާތްތަކުން ޓިކެޓަށް ދައްކަން ޖެހޭނީ 124 ޑޮލަރެވެ.
މި ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ އޭޕްރިލް 27، 29 އަދި 30 ވަނަ ދުވަހު އެވެ.

