ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަމަޟާން މަހު މާލޭގައި އިމާމުވެ ތަރާވީޙް ނަމާދުކުރި ޒުވާން ޙާފިޡުންނާއި އިމާމުންގެ އަގުވަޒަންކޮށްފި

މާލެ ސިޓީގައި ރަމަޟާން މަހު އިމާމުވެ ތަރާވީޙް ނަމާދުކުރި ޒުވާން ޙާފިޡުންނާއި އިމާމުންގެ އަގުވަޒަންކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ނިިމިދިޔަ ރަމަޟާން މަހު މާލެ ސިޓީގެ މިސްކިތްތަކުގައި އިމާމުވެ ތަރާވީޙު ނަމާދު ކުރި ޒުވާން އިމާމުންނާއި ޙާފިޡުންގެ އަގުވަޒަންކުރުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ރަސްމިއްޔާތުގައި ވަނީ އިމާމުންނާއި ޙާފިޡުންގެ އަގުވަޒަންކޮށް ހަނދާނީ ލިޔުމެއް އަރުވާފައެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ އިމާމުންނާއި ޙާފިޡުންނަށް ހަނދާނީ ލިޔުން ދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ، ޒުވާން އިމާމުންނާއި ޙާފިޡުން ކުރި މަސައްކަތް ފާހަގަކޮށް ޝުކުރު އަދާ ކުރައްވާ އަދި ހިއްވަރު ދެއްވާފައެވެ. އަދި މި ރޮނގުން ކުރިއަށް ދިއުމަށް ގިނަ ނަސޭޙަތްތަކެއް ވަޒީރު ދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިންވެސް ވަނީ ބައިވެރިވެލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: