ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެން ބައިބައިވުންތަކެއް އުފެދިދާނެކަމަށް ގަބޫލެއް ނުކުރަން: ޒިޔާދު

ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު: ފޮޓޯ/ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މާޒީގައި އެމްޑީޕީ ދެކަފިވެގެންދިޔަ ނަމަވެސް ކުރިމަގުގައި އެފަދަ ހާލަތެއް މެދުވެރިވެދާނެކަމަށް ގަބޫލުނުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއާއި ރިޔާސީ އިންތިހާބުގެ ތެރޭގައި ޕާޓީގެ މެމްބަރުންގެ ދެމެދު އުފެދިގެން ދިޔަ މައްސަލަތަކާއި ގުޅޭގޮތުން ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި  ޒިޔާދު ވިދާޅުވީ، ވާދަވެރިކަމުގެ ތެރޭގައި އެއް ފަހަރު އެމްޑީޕީ ދެކަފިވެގެންދިޔަކަމަށެވެ. ނަމަވެސް ކުރިމަގުގައި އެފަދަ ހާލަތެއް މެދުވެރިވެދާނެކަމަށް ގަބޫލުނުކުރައްވާކަމަށާއި ޕާޓީގެ ލީޑަރޝިޕުގެ މަގާމަކަށް ހުޅުވާލުމުން ގިނަ އަދަދެއްގެ ބޭފުޅުން ކުރިމަތިލާނެއިރު ސަބަބަކީ ސިޔާސީގޮތުން ތަޖުރިބާކާރު ގިނަ އަދަދެއްގެ މެމްބަރުން ތިއްބެވުންކަން ފާހަގަކުރި އެވެ.

އެހެންކަމުން ޕާޓީގެ ތެރޭގައި އިންތިހާބީ މާހައުލު އޮންނަނީ ދެބޭފުޅަކު ވާދަކޮށްގެން ނިންމާލެވޭ ގޮތަށް ނޫންކަމަށާއި ޕާޓީގެ މިވަގުތުގެ ހާލަތަށް ބަލާލާއިރު އައު ލީޑަރުންނަށް ފުރުސަތު ލިބޭނެ ގިނަ މަގުތަކެއް ހުރުމަކީ އުފާކުރައްވާ ކަމެއްކަމަށް ފާހަގަކުރެއްވިއެވެ. އަދި ކަންކަން ކުރުމަށްޓަކައި ކޮންމެހެން ވަކި މީހަކު ހުރުން ލާޒިމު ކަމެއްގެ ގޮތުގައި ދެކުމުގެ ވިސްނުން މިއަދު އެމްޑީޕީގެ ތެރޭގައި ނެތްކަންވެސް ހިއްސާކުރެއްވިއެވެ.

ޒިޔާދު ވިދާޅުވީ، މީގެ ކުރިން އެމްޑީޕީގައި ވަރަށް ވަރުގަދަ ލީޑަރެއް ހުންނެވިކަމަށެވެ. އަދި އެ ސަބަބާއި ގުޅިގެން ތިން އިންތިހާބެއްގައި އެ ލީޑަރަކު ވިއްކައިގެން މަސައްކަތްތައް ކުރެވުނުއިރު އެކަމުގެ ސަބަބުން ބާރުވެރިކަމާއި ރައްޔިތުންގެ ތާއީދާއި ލޯބިވެެސް ލިބިވަޑައިގެންނެވިކަމަށެވެ. އެހެންކަމުން ގިނަ އަދަދެއްގެ މީހުން އިންތިހާބުތަކަށް ކުރިމަތިލުމުގެ ފަހަތުގައި އެ މިންވަރަށް ޕާޓީގެ މައްޗަށް ނުފޫޒު އޮތް އެއް ޝަހުސިއްޔަތު ނެތުން ހިމެނުން އެކަށީގެންވާއިރު އޭރު ލީޑަރުގެ ގޮތުގައި ހުންނެވި ބޭފުޅަކު މިއަދު އެމްޑީޕީއާއިއެކު ނެތްނަމަވެސް އެ ޝަހުސިއްޔަތާއިއެކު ޕާޓީ ކުރިއަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅުން އެމްޑީޕީއާއިއެކު ތިއްބެވިކަން ފާހަގަކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަކީވެސް އެމްޑީޕީގެ މަސައްކަތްތައް ފެށުނީސުރެވެސް އުޅުއްވި ބޭފުޅެއްކަމަށެވެ. އަދި މިހާރުގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލްއަކީވެސް ސިޔާސީ މައިދާނުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ބޭފުޅެއްކަމަށާއި މިއަދު އިންތިހާބަކަށް ހުޅުވާލުމުން ގިނަ އަދަދެއްގެ މީހުން ކުރިމަތިލައްވަނީ އިސްވެ ދެންނެވި ފަދަ ނުފޫޒުގަދަ ލީޑަރަކު ނެތުމުގެ ސަބަބުންކަމަށްވުމުން އެކަށީގެންވާކަން ތަކުރާރުކުރެއްވިއިރު އެފަދަ ލީޑަރަކު ޕާޓީގައި ނެތުމަކީވެސް ރަނގަޅުކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ.

މި ފުރުސަތުގައި ޒިޔާދުވަނީ ޗެއަރޕާސަން ފައްޔާޒްއަށް އެމްޑީޕީގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގެ މަތިން ކުރިއަށް ނުގެންދެވޭކަމަށް ބުނާ ވާހަކަތަކަށްވެސް ރައްދު ދެއްވާފައެވެ. މެމްބަރު ވިދާޅުވީ، އެކަމަށް އިންކާރު ކުރައްވާކަމަށާއި ޕާޓީއަށް ލިބުނު ގެއްލުންތަކަށްފަހު މިވަގުތު އޮތް ހާލަތާއި ހިސާބަށް ގެނެސްދެއްވީ ފައްޔާޒްކަމަށެވެ. މެމްބަރު ވިދާޅުވީ، ޕާޓީގެ ލީޑަރުންގެ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް ހުރިކަމަށެވެ. ނަމަވެސް އެއީ އެމްޑީޕީއަކީ ޑިމޮކްރެޓިކް ޕާޓީއަކަށްވުމުން އޮންނަ ކަމެއްކަމަށާއި އެމްޑީޕީގެ ލީޑަރުން މީގެ ކުރިން ދައްކަވާފައިވާ ވާހަކަތަކުގެ ތެރޭގައި އެމްޑީޕީއާއި ގުޅޭނަމަ ދެބަސްވާން އެއްބަސްވެގެން އައުން ހިމެނޭކަމަށް އަލިއެޅުއްވިއެވެ.

އެހެންކަމުން އެ އުސޫލު ޕާޓީގެ ތެރޭގައި އޮތްކަމަށާއި ބާރުވެރިކަމަށް ވާދަވެރިކަމެއް ނެތްކަމަށްވެސް ވިދާޅުނުވާނެކަމަށް ފާހަގަކުރެއްވިއެވެ. ނަމަވެސް އެކަމަށް ހައްލުތަކެއް ހޯއްދެވުމަށްޓަކައި ބޭނުންވާ ވިސްނުންތެރިކަން މިއަދު ޗެއަރޕާސަންގެ ގޮތުގައި ހުންނެވި ފައްޔާޒްގެ ކިބައިން ފެނިގެންދާކަމަށް ފާހަގަކުރެއްވިއެވެ. ޒިޔާދު ވިދާޅުވީ، ކޮންގްރެސްއެއް ބާއްވައިގެން އެކަމަށް ހައްލެއް ހޯދުމަށްޓަކައި ފައްޔާޒް މަސައްކަތްކުރައްވަމުންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: