ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީއަށް ހަވާލުކޮށްގެން ކުރިއަށް ގެންދާ ފިޔޯރީ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި

ފިޔޯރީ ބަނދަރު ހެދުމުގެ މައްސައްކަތް
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ފިޔޯރީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ފިޔޯރީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްޠަލިބް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަހުމަދު ސައުދީ އެވެ. މި ރަސްމިއްޔާތުގައި ރައްޔިޔުންގެ މަޖިލިހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު، އަދި ގދ. ފިޔޯރީ ކައުންސިލްގެ ނައިބު ރައީސް އައިމިނަތު އަޢިވީނާ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މި މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީއަށް) ހަވާލުކޮށްފައިވަނީ 38,919,969.72 (ތިރީސް އަށް މިލިއަން ނުވަ ސަތޭކަ ނަވާރަ ހާސް ނުވަ ސަތޭކަ ފަސްދޮޅަސް ނުވަ ރުފިޔާ ހަތްދިޔަ ދެ ލާރި) އެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:

  • އައު ބަނދަރު ފުން ކުރުން
  • ބަނދަރަށް ވަންނަ ނެރު ފުން ކުރުން
  • ރޭމްޕްލުން
  • ބެކްފިލް ކުރުން
  • ރިވެޓްމެންޓް ޖެހުން
  • އެއްގަމު ތޮށި ޖެހުން
  • މަގު ބައްތި ޖެހުން
  • ނެރު ބައްތި ޖެހުން
  • މޫރިންގް ރިންގްސް ހަރުކުރުން
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: