ލ. މާންދޫގައި އެކްސިޑެންޓުވި ޒުވާނަކު ނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ލ. މާންދޫގައި ބެންޑު ސަރަޙައްދުން ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ރޭ ދަންވަރު 01:40 ހާއިރުއެވެ.
މި އެކްސިޑެންޓުގައި އަނިޔާވި ލ މާބައިދޫ ސޫރަޖްވިލާ އިބްރާހިމް ނައުޒަމް (30އ) ނިޔާވެފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެގޮތުން އޭނާ ނިޔާވެފައިވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށް މިއަދު ހެނދުނު 08:45 ހާއިރުއެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އެކްސިޑެންޓުގެ މައްސަލަތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، މިއަހަރުގެ މިހާތަނަށްވެސް ޓްރެފިކް އެކްސިޑެންޓުތަކާ ގުޅޭ 800ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

