ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީގެ ތަހުގީގަށް މާދަމާ މަހާޒް އަދި އަޒްމިރަލްދާ ހާޒިރުވާން އަންގައިފި

ފަނޑިޔާރުކަމުން ވަކި ކުރި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، މަހާޒް އަލީ ޒާހިރު އަދި ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑީޝަން ސާވިސް ކޮމިޝަން (ޖެއެސްސީ) އަށް ހާޒިރުވާން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރަށް އަންގައިފިއެވެ.

ތަހުގީގަށް ހާޒިރުވުމަށް ޖޭއެސްސީއިން މަހާޒްއަށް ފޮނުވާފައިވާ އަމުރުގައި ވަނީ 13 އޭޕްރީލް 2025 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00ށް އެ ކޮމިޝަނަށް ވަޑައިގަތުމަށެވެ. ފަނޑިޔާރު އަޒްމިރަލްދާ ހާޒިރުވެވަޑައިގަންނަވަން އަންގާފައިވަނީ ހެނދުނު 10:00 އަށެވެ.

ޖޭއެސްސީން ބަލަމުންދަނީ އަޒްމިރަލްދާގެ ފިރިމީހާ ޑރ. އިސްމާއިލް ލަތީފް މައްސަލައެއްގައި ހައްޔަރު ކުރުމުން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް މެސެޖު ކުރެއްވިކަމަށް ބުނާ މައްސަލައެކެވެ. އަދި އެކަމުގައި މަހާޒް، އަޒްމިރަލްދާއަށް އެހީތެރިކަން ފޯރުކޮށްދިންކަމަށް ތުހުމަތުކޮށް މަހާޒުގެ މައްސަލަވެސް ދަނީ ބަލަމުންނެވެ.

ޖޭއެސްސީން މި މައްސަލަ ބަލަން ފަށާފައިވަނީ އަމިއްލަ ފަރާތަކުން މައްސަލަ ހުށަހެޅުމުން، ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިންނެވެ.

މީގެ އިތުރުން، ޖޭއެސްސީން ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ އެސިސްޓަންޓް ރަޖިސްޓްރަރ ހުސައިން މުހައްމަދު ހަނީފް 25 އޮކްޓޫބަރު 2022ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހައިކޯޓުގެ ނަންބަރު CR/197/2022/12-95 ސިޓީއާއި ގުޅިގެން ސުވާލުކޮށް ހުތުރުބަހުން މުއާމަލާތް ކޮށްފައިވާކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްޗަށް ތުހުމަތު ކުރެވުނު ކަމަށެވެ.

އެ މައްސަލަައިގައި ހާދިސާ ހިނގާފައިވަނީ ސުޕްރީމް ކޯޓުގެ ނަމްބަރު SC-A/82/2022 ޤަޟިއްޔާ ބައްލަވާ ބެންޗުގައި ތިއްބެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ހާޒިރުގައި ކަން ހައިކޯޓުގެ ނަމްބަރު IFB/195/2022/18-95 ސިޓީން އެނގެން އޮތް ކަމަށެވެ.

މީގެ ކުރިންވެސް މި މައްސަލަތަކުގައި ފަނޑިޔާރުން ޖޭއެސްސީއަށް ހާޒިރުކޮށްފައިވެއެވެ. އެހެންނަމަވެސް ފަނޑިޔާރުންނަށް ކުރެވޭ މި ތުހުމަތުތައް އެ ފަނޑިޔާރުން ވަނީ މުތުލަޤަށް ދޮގު ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: