ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު މުދަލު ޒަކާތުގެ ގޮތުގައި 34.7 މިލިއަން ރުފިޔާ

އިސްލާމިކް މިނިސްޓްރީން ޒަކާތް ބަލައިގަންނަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

2025 ވަނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި 34.7 މިލިޔަން ރުފިޔާ ލިބިއްޖެއެވެ.

މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ، (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރާއި އަޅާ ބަލާއިރު، މިއަހަރުގެ މި މުއްދަތުގައި ލިބުނު މުދަލު ޒަކާތް %47.6 އިތުރެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައިިި ލިބިފައިވަނީ 23.5 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރު މުދަލު ޒަކާތުގެގޮތުގައި ލިބިފައިވާ އަދަދަކީ ރާއްޖޭގެ ތާރީޚުގައިވެސް އެއް އަހަރެއްގެތެރޭ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ އެންމެ ބޮޑު ޢަދަދެވެ.

އެގޮތުން މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ޖުމަލަ 101.9 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2023 ވަނަ އަހަރު މުދަލު ޒަކާތުގެގޮތުގައި ލިބުނު 90.2 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު %12.9 އިތުރު އަދަދެކެވެ.

އިސްލާމިކް މިނިސްޓްރީއަށް ދައްކަމުން އައި މުދަލު ޒަކާތް، ބަލައިގަންނަމުން ދަނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށެވެ. އެ މީހަކު ޒަކާތް ދައްކަން ޖެހޭ މިންވަރު ބެލުމަށް ފަހު، އޮންލައިންކޮށް ވެސް ޒަކާތް ދެއްކޭނެ އިންތިޒާމު މީރާއިން ވަނީ ހަމަޖައްސާފައެވެ.

އަހަރުގެ ކޮންމެ ދުވަސްވަރެއްގަ މުދަލު ޒަކާތް ދެއްކިދާނެއެވެ. އެއީ އަތުގައި ހުރި މުދަލުން އަހަރު ވުމަށްފަހު ދައްކަންޖެހޭ ދީނީ ވާޖިބެކެވެ. ރަންރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން، ކޮންމެ އަހަރެއްގައި ވެސް މުދަލުޒަކާތް ދައްކަންޖެހޭ ވަރަށް ބަދަލު އާދެއެވެ. މުދަލުން ޒަކާތް ވާޖިބުވާ ވަރު ރާއްޖޭގައި ބަލަމުން އަންނަނީ ރިހީގެ އަގުންނެވެ. އަތުގައި އެވަގުތަކު ހުރި މުދަލުން ނިސާބު ހަމަވާނަމަ އޭގެއިން 2.5 އިންސައްތަ ޒަކާތުގެ ގޮތުގައި ދެއްކުން ކޮންމެ މުސްލިމެއްގެ މައްޗައް ވާޖިބުވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: