ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމަރުކަޒީ ނިޒާމަށް އައި އިންގިލާބީ ބަދަލު އެބަ ފެނޭ، ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހައްގު: އާދަމް ޝަރީފް

ލޯކަލް ގަވަމަންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލްތަކާއި އެކުގައި ކުރެވޭ މަސައްކަތުން ހެޔޮ ބަދަލެއް ފެންނަމުންދާކަމަށާއި، ލާމަރުކަޒީ ނިޒާމަށް އައި އިންގިލާބީ ބަދަލާއި އެކު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަމުގެ އިތުރު ދައުރެއް ދޭންޖެހޭކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ”ރަށްވެހިންގެ ސައްލާ“ގެ ނަމުގައި އއ. އުކުޅަހުގައި އޮތް މަޝްވަރާ ބައްދަލުވުން ފައްޓަވައި ދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ފޯރަމްގެ އިފްތިތާހީ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ، ”ރަށްވެހީންގެ ސައްލާ“ ފޯރަމް ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކޮށް، އޭގެ ސަބަބުން ވަރަށް ބޮޑެތި ކުރިއެރުންތައް ލިބޭނެ ކަމަށެވެ. އަދި ރައްޔިތުންގެ ބައިވެރިވުން މި ނިޒާމަށް މުހިންމުވާކަން މި ސައްލާއިން ވެސް އެނގިގެންދާކަން ފާހަގަކުރެއްވި އެވެ.

މިނިސްޓަރުގެ ވާހަހަކަފުޅުގައި ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ކައުންސިލްތައް ބާރުވެރިކުރުވުމާއި، ކައުންސިލްތަކަށް މާލީ ގޮތުން ބާރުވެރިކަން ހޯދައިދިނުން ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުން ބޭނުން ވަނީ ކައުންސިލްތައް ރައްޔިތުންނާއި ގުޅިގެން މަސައްކަތްކޮށް، ރައްޔިތުންނާއި މަޝްވަރާކޮށްގެން ކަންކަން ކުރިއަށް ގެންދިޔުމަށް ކަމަށެވެ.

ލާމަރުކަޒީ ނިޒާމު ކުރިއެރުވުމާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވިދާޅުވީ، ރައީސް މުއިއްޒު ވަނީ ކައުންސިލްތައް ބާރުވެރި ކުރުވުމަށް ގިނަ މަސައްކަތްތައް ކުރައްވައި ކާމިޔާބީތައް ވެސް ހޯއްދަވާފައި ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ރައްޔިތުން ބާރުވެރިކުރުވުމަށްޓަކައި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭކަމަށެވެ. އަދި އެމަނިކުފާނުގެ ސިޔާސަތުތަކަށް ބަލައި، އިތުރު ދައުރެއް ވެސް ދޭން ޖެހޭކަމުގައި ވިދާޅުވި އެވެ.

ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުން ބާރުވެރި ކުރުމުގެ ސަޤާފަތެއް އުފެެއްދުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ވަރަށް ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރައްވަމުން. އެހެންކަމުން ލާމަރުކަޒީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށް ޑރ މުޙައްމަދު މުޢިއްޒު ދެ ވަނަ ދައުރަކަށް ހޮވަން ޖެހޭ

މީގެއިތުރުން އާދަމް ޝަރީފް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ވާހަކަ ދެއްކި ނަމަވެސް، ރައްޔިތުން ބަލައިގަންނަ ފަދަ ނިޒާމަކަށް ލާމަރުކަޒީ ނިޒާމު ވެފައި ވަނީ ސަރުކާރާއި، ކައުންސިލްތަކުން ކުރެވުނު މަސައްކަތްތަކުގައި ހަރުދަނާ އަދި އޮއްޓަރު ހުރި ކަންތައްތަކެއް ކުރެވިގެން ކަމަށެވެ.

ކައުންސިލްތަކުގެ މަސައްކަތްތަކަށް ތައުރީފު ކުރައްވައި އާދަމް ޝަރީފް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ ރާއްޖެއާއި ދިވެހިންނަށް އައު ނިޒާމެއް ނޫންކަމަށެވެ. އަދި އެ ނިޒާމަށް ގާނޫނީ ބާރުވެރިކަން ލިބިގެން ދިޔައީ ފެހި ގާނޫނުއަސާސީއާއި އެކުގައިކަން ފާހަގަކުރައްވައި ވިދާޅުވީ ކައުންސިލްތަކުން ވެސް ރައްޔިތުންގެ ބާރުވެރިކުރުމަށް ހަރުދަނާ ފިޔަވަޅުތައް އަޅާފައިވާކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ސަބަބުން ރައްޔިތުން ބަލައި ގަންނަ ނިޒާމަކަށް މިއަދު ލާމަރުކަޒީ ނިޒާމު ވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދަޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ރައީސް މުއިއްޒު އިތުރު މަސައްކަތްތައް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން އެމަނިކުފާނު އަތޮޅުތަކަށް ކުރައްވާ ކޮންމެ ދަތުރުފުޅެއްގައި ވެސް ކައުންސިލްތަކާއި ބައްދަލު ކުރައްވައި، ކައުންސިލްތަކުގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި އެކަންކަން ހައްލު ކުރުމަށް ވަގުތުން ވަގުތަށް އެޅެން ހުރި ފިޔަވަޅުތައް އަޅުއްވާކަމުގައި ވިދަޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: