ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލީ ދާއިރާ ކުރިއަރުވައި، މުސްތަގުބަލުގެ މަގުދައްކައިދޭނެ ޖީލެއް ބިނާކުރުމުގައި ބީއެމްއެލް ދެމި އޮންނާނެ: ޝަރީފް

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް؛ ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލީ ދާއިރާ ކުރިއަރުވައި، މުސްތަގުބަލުގެ މަގުދައްކައިދޭނެ ޖީލެއް އުފެއްދުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކުރަމުން ގެންދާ މަސައްކަތްތައް ކުރިޔަށް އޮތް ތަނުގައި ފުޅާކުރެވިގެން ދާނެކަމަށް ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވައި ކުރިޔަށް ގެންދިޔަ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ސަނާބިލް އިމާރާތްކުރަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ސަނާބިލް ބިލްޑިންގ ކޮންސްޓްރަކްޝަން ސައިޓްގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ވަނީ އައިޔޫއެމްގެ ސަނާބިލް އިމާރާތްކުރަން ފައްޓަވައިދެއްވުމުގެ ގޮތުން ކޮންކްރީޓް އަޅުއްވައިދެއްވާފައެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ބީއެމްއެލްއިން ގައުމުގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރާކަމަށެވެ. އެގޮތުން މާލީ ދާއިރާގެ ތަޖުރިބާކާރުންގެ ޖީލެއް ބިނާ ކުރުމަކީ، އެންމެ ބޮޑު އަމާޒުކަން ވެސް ފާހަގަކުރެއްވި އެވެ.

ޝަރީފް ވިދާޅުވީ ސަރުކާރުން މުހިންމު ލަނޑުދަނޑިތައް ހާސިލު ކުރުމަށް ހިންގާ އެކި ޕްރޮޖެކްޓު މަޝްރޫއުތަކުގައި ބީއެމްއެލް ބައިވެރިވާ އެންމެ ބޮޑު ސަބަބަކީ ރައީސް މުއިއްޒު ގެންގުޅުއްވާ ތަސައްވުރާއި ބީއެމްއެލްގެ އަމާޒުތައް ގުޅިފައިވުމެވެ.

މިސާލެއް ނަންގަވައި ޝަރީފް ވިދާޅުވީ އެކައުންޓިންއިން ފެށިގެން ފައިނޭންސިންއާއި ހަމައަށް ފުރިހަމަ އިސްލާމީ ބޭންކެއްގެ އުފެއްދުންތަކާއި އެކު ބީއެމްއެލް ދަނީ މުޅި ރާއްޖޭގައި މާލީ ބާރުވެރިކަން އިތުރު ކުރަމުންކަމަށެވެ. އަދި ހުރިހާ އެންމެން ވެސް އެކުގައި ޝަމިލުވާ ދެމެހެެއްޓެނިވި އިގްތިސާދެއް ބިނާކޮށް މާލީ ބާރުވެރިކަން އިތުރު ކުރުމަށް ބީއެމްއެލް ދަނީ މުހިންމު ދައުރެއް އަދާކުރަމުންކަމަށް ތަކުރާރު ކުރެއްވި އެވެ.

ހުރިހާ އެންމެން ޝާމިލުވާ ދެމެހެއްޓެނިވި އިގްތިސާދެއް ބިނާކޮށް، މާލީ ބާރުވެރިކަން އިތުރުކުރުމަށް ބީއެމްއެލްއިން މިދަނީ މުޙިއްމު ދައުރެއް އަދާކުރަމުން.. ރައީސުލްޖުމްހޫރިއްޔާ ގައުމީ ތަރައްގީއަަށް ކަނޑައަޅުއްވާފައިވާ ވިސްނުންފުޅާއި ލީޑާޝިޕް ބީއެމްއެލްގެ މިޝަންއާއި އޮތީ ވަރަށް ބޮޑަށް ގުޅިލާމެހިފައި

މިއަދު ބިންގާ އެޅި އިމާރާތާއި ގުޅޭގޮތުން ޝަރީފް ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީގެ ސަނާބިލް އިމާރާތް ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އިގްތިސާދީ ގޮތުން ވަރުގަދަ ރާއްޖެއެއް ބިނާކުރުމުގައި ކުރިއަށް އެޅޭ ފިޔަވަޅެއްކަމަށާއި މީގެ ނަތީޖާ އަންނަން އޮތް ޖީލުތަކަށް ވާސިލުވޭނެކަމަށެވެ.

މީގެއިތުރުން ޝަރީފް ވަނީ އިޖްތިމާއީ ޒިންމާގެ ދަށުން ބީއެމްއެލްއިން ގިނަގުނަ މަސައްކަތްތައް ކުރަމުން ގެންދާކަން ފާހަގަކުރައްވާފަ އެވެ. އަދި އައިޔޫއެމްގެ ޕްރޮޖެކްޓަކީ ވެސް ހަމައެކަނި މާލީ އެހީއެއް ނޫންކަމަށާއި އެއީ ގައުމުގެ ކުރިމަގަށް ކުރެވޭ ބޮޑު އިންވެސްޓްމަންޓެއްކަމަށް ވިދާޅުވި އެވެ.

ޝަރީފް ވަނީ އުފެއްދުންތެރި، ހުނަރުވެރި ޖީލެއް ބިނާ ކުރުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި ހާއްސަކޮށް މާލީ ދާއިރާއަށް އިޝާރާތް ކުރައްވައި ވިދާޅުވީ ދާއިރާ ކުރިއަރުވައި މަގުދައްކައިދޭނެ ޖީލެއް އުފެއްދުމަށް ބީއެމްއެލްއިން ކުރަމުން ގެންދާ މަސައްކަތްތައް ކުރިޔަށް އޮތް ތަނުގައި ވެސް ފުޅާކުރެވިގެން ދާނެކަމަށް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސަނާބިލް މަޝްރޫޢަކީ އެ ޔުނިވަރސިޓީއަށް ދެމެހެއްޓިނިވި ގޮތެއްގައި އާމްދަނީ ހޯދުމުގެ ގޮތުން ހިންގޭ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ޔުނިވަރސިޓީގެ ބިމެއްގައި 7 ބުރީގެ ”މިކްސްޑް-ޔޫޒް ކޮމްޕްލެކްސް“ އެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މި އިމާރާތުގައި އޮފީސް ސްޕޭސްތަކާއި، ފުޑް ކޯޓާއި، މީޓިންގ ރޫމްތަކާއި، އޮޑިޓޯރިއަމް އަދި ކޮމާޝަން ޕާކިންގ ޖާގަތައް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: