ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭޕްރިލް މަހުގެ ފެން ބިލުގައި ރަމަޟާން ޑިސްކައުންޓު ވާނީ ހިމަނާފައި: މަތީން

ޝެއާރކޮށްލާ ކަހަލަދޯ؟

އޭޕްރިލް މަހުގައި ސަރުކާރުން ވައުދުވެފައިވާ ގޮތަށް ރަމަޟާން ޑިސްކައުންޓު ހިމަނައިފައިވާނެކަމަށް މާލެ ވޯޓާ އެންޑް ސިއުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރަމަޟާން ރޯދަމަހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމުގެ ދަށުން ފެން ބިލުން ދޭން ހަމަޖެހިފައިވާ ޑިސްކައުންޓާއި ބެހޭ ގޮތުން ސަންގުޓީވީގެ ”ސަރުކާރު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަތީން ވިދާޅުވީ، ބިލްތަކުގައި ރަމަޟާން ޑިސްކައުންޓް ހިމެނުމުގައި ގެންގުޅޭ ސިޔާސަތަކީ، އޭޕްރިލް މަހުގައި އެމްޑަބްލިއުއެސްސީން ފޮނުވައިފައިވާ ބިލަކީ ކަސްޓަމަރުންގެ ވޭތުވެދިޔަ އަހަރުގެ ފެބްރުވަރީ، މާރިޗް އަދި އޭޕްރިލް މަސްތައް ފިޔަވާ ދެން ހުރި 9 މަހުގެ އެވެރަޖަށް ތުރެ މަތިނުވާ އަދަދަކަށް ޑިސްކައުންޓު ދިނުންކަމަށެވެ.

އޭގެ މާނައަކީ، މި ބިލް ބޮޑުވާންޖެހޭ އެެއްވެސް ސަބަބެއް ނީންނާނެ، ބިލް އިންނާނީ މި ދެންނެވި އެވެރެޖާއި އެއްވަރަށް ކެޕްޓް ކުރެވިފަ

މަތީން ވިދާޅުވެފައި ވަނީ، ރަމަޟާން މަހުގެ ޑިސްކައުންޓު ހިމަނާފައި ވަނީ، ކޮންމެ މަހެއްގައި ފެނުގެ ބިލުގެ މިންވަރު ބަލާގޮތުން، މިދިޔަ އަހަރުގެ ފެބްރުވަރީ، މާރިޗް އަދި އޭޕްރިލް މަސް ފިޔަވާ، ބާކީ ހުރި 9 މަހުގެ އެވަރޭޖް މިންވަރަށް ބަލައި ކަމަށެވެ. އަދި އެހެން މަސްމަހުގެ ބިލުގެ އަދަދަށް ވުރެ އޭޕްރިލް މަހުގެ ބިލް ބޮޑުކަމުގައިވާނަމަ، ބޮޑުވާ މިންވަރު ޑިސްކައުންޓުގެ ގޮތުގައި އޭޕްރިލް މަހު ފޮނުވާ ބިލުން އުނިކޮށް ދިނުމަކީ ޑިސްކައުންޓް ދެވޭ ގޮތްކަމަށް ވިދާޅުވި އެވެ.

މަތީން ވިދާޅުވީ، އެމްޑަބްލިއުއެސްސީގެ ކޮންމެ ކަސްޓަމަރަކަށް ވެސް ދޭން ކަނޑައަޅައިފައިވާ ޑިސްކައުންޓަކީ 10 އިންސައްތަކަމަށެވެ. އަދި މި އިންސައްތައިގެ ދަށުން ރޯދަ ޑިސްކައުންޓު ނުލިބޭ އެއްވެސް ކަސްޓަމަރެއް ނުހުންނާނެކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ބައެއް ހާލަތްތަކުގައި ފެނުގެ ކަނެކްޝަން އަލަށް ގުޅުމާއިއެކު، 9 މަހުގެ އެވަރެޖް ހަމަނުވާ ފަރާތްތަކަށް ވެސް 10 އިންސައްތައިގެ ޑިސްކައުންޓު ދުވިފައިވާނެކަމަށެވެ.

މަތީން އިތުރަށް ވިދާޅުވީ، ޑިސްކައުންޓު ދެވިފައިވާ ގޮތުގެ މައުލޫމާތާއި އަދަދާއި ގުޅޭ މައުލޫމާތު ސާފުކުރުމަށް އެމްޑަބްލިއުއެސްސީއަށް ކަސްޓަމަރުންގެ ފަރާތުން 27 ކޯލް ލިބުނު ކަމަށެވެ.

އަޅުގަނޑުމެންގެ ޑިސްކައުންޓު ދީފައިވާ މިންވަރު އިންނާނެ ބިލްގަ ހިމަނާފަ، ބިލްގަ ވަކިން އިންނާނެ މިހާވަރޭ ޑިސްކައުންޓު ލިބިފަ އިންނަނީ، ދެން ހަމަ ޑިސްކައުންޓު ދެވިފަ އިންނަ އެމައުންޓު ކަންޑާފަ ދެން ދޭންޖެހޭނެ މިންވަރުވެސް ބިލްގަ އިންނާނެ

މަތީން ވިދާޅުވެފައި ވަނީ، ޑިސްކައުންޓު ދީފައިވާ މިންވަރު ފެން ބިލުގައި ބަޔާންކޮށްފައިވާނެ ކަމަށާއި ޑިސްކައުންޓުގެ އަދަދު ކެންޑުމަށްފަހު ދައްކަންޖެހޭ އަދަދު ބިލުން ސާފުކޮށް ފެނިގެންދާނެކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: