އައްޑޫ ސިޓި، ފޭދޫގެ ލިންކު ރޯޑުގައި ސައިކަލަކާއި ކާރެއް ޖެހި ހިންގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ އެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ފޭދޫ ލިންކްރޯޑުގައި ހިނގި އެ އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓު ކުރީ މިރޭ 19:29 ހާއިރު ކަމަށެވެ.
އެކްސިޑެންޓުގައި ނިޔާވެފައި ވަނީ، ސައިކަލު ދުއްވަން އިން އުމުރުން 36 އަހަރުގެ އިބްރާހިމް ސިޔާދު އެވެ.
ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓުގައި އަނިޔާވި އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާކަމަށެވެ.
މި އެކްސިޑެންޓުގައި ކާރު ދުއްވި ގދ. ފިޔޯރީ، މާގޯލްޑް، މުހައްމަދު މާހިލް މުމްތާޒް ވަނީ ހައްޔަރުކޮށްފަ އެވެ.
އައްޑޫގެ ލިންކްރޯޑުގައި ބާރު ސްޕީޑުގައި ވެހިކަލްތައް ދުއްވުމުގެ ސަބަބުން މީގެ ކުރިން ވެސް ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާފައި ވެއެވެ.
މީގެއިތުރުން ލާމު ކިންކްރޯޑުގައި ރޭ ހިނގި އެކްސިޑެންޓެއްގައި ވެސް 30 އަހަރުގެ ޒުވާނަކު ވަނީ ނިޔާވެފަ އެވެ.

